އެމްޑީޕީގެ ނައިބު ރައީސަކަށް ހިސާން އައްޔަންކުރަނީ

އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ ނައިބު ރައީސް ކަމުގެ މަގާމަށް 19 ވަނަ ރައްޔިތުންގެ މަޖިލިހުގައި ތުޅާދޫ ދާއިރާގެ މެންބަރުކަން ކުރެއްވި ހިސާން ހުސެއިން އައްޔަންކުރަން ޕާޓީގެ ގައުމީ މަޖިލިހުގެ ރުހުން އޮތްތޯ ބެލުމަށް ހުށަހަޅައިފި އެވެ.
އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު މިއަދު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ނައިބު ރައީސްކަމުގެ މަގާމަށް ހިސާން އައްޔަންކުރަން ގަސްތުކޮށް، އޭނާ އެ މަގާމަށް އައްޔަންކުރަން ގައުމީ މަޖިލިހުގެ ރުހުން އޮތްތޯ ބެލުމަށް އަސާސީ ގަވާއިދުގައިވާ ގޮތުން މިއަދު ހުށަހަޅުއްވާފައިވާ ކަމަށެވެ. ހިސާންއަކީ އެމްޑީޕީއަށް ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތްކޮށްދެއްވަމުން ގެންދަވާ އެ ޕާޓީގެ ލީގަލް ޑިރެކްޓަރު ވެސް މެ އެވެ.
"އަލްއުސްތާޒާ ހިސާން ހުސެއިން މި ޕާޓީއަށާއި ޕާޓީގެ މެމްބަރުންނަށް ކޮށްދެއްވާފައިވާ އިހުލާސްތެރި ގިނަގުނަ ހިދުމަތްތަކަށް ބަލާއިރު، އެކަމަނާއަކީ މި މަގާމަށް އެންމެ އެކަށީގެންވާ ބޭފުޅެއް ކަމަށް އަޅުގަނޑު ދެކެމެވެ،" ޝާހިދު ވިދާޅުވި އެވެ.ޝާހިދު ވިދާޅުވި ގޮތުގައި އެމްޑީޕީގެ ލީޑަޝިޕްގައި މި ވަގުތު އަންހެން ބޭފުޅުން މަދުކަމާ އެކު އޭނާގެ ނިންމެވުމުގައި އެކަމަށް ވެސް ވިސްނުން ބަހައްޓާފައިވާނެ ކަމުގަ އެވެ. https://twitter.com/hisaanhussain/status/1810224592897913296 މީގެ ކުރިން އެމްޑީޕީގެ ނައިބް ރައީސްކަމުގެ މަގާމުގައި ހުންނެވި މަޖިލީހުގެ ކުރީގެ މެންބަރު މުހައްމަދު ޝިފާޒް އެވެ.






ކޮމެންޓް