Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
އިޖުތިމާޢީ

އުތުރުތިލަފަޅު އެއްބަސްވުމާ ގުޅޭ ގޮތުން މައުލޫމާތު ހާމަކުރަން އަންގައިފި

އުތުރުތިލަފަޅު އެއްބަސްވުމާ ގުޅޭ ގޮތުން މައުލޫމާތު ހާމަކުރަން އަންގައިފި

އުތުރުތިލަފަޅު އެއްބަސްވުމާ ގުޅޭ ގޮތުން ނޫސްވެރިޔާ އަހްމަދު އަޒާން ހޯދަން އެދުނު މައުލޫމާތު ހާމަކުރަން އިންފޮމޭޝަން ކޮމިޝަނަރު އޮފީހުން ޑިފެންސް މިނިސްޓްރީއަށް އަންގައިފިއެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ވިދާޅުވެފައިވާ ގޮތުގައި ނޫސްވެރިޔާ އަހްމަދު އަޒާން ހޯދަން އެދުނު މައުލޫމާތު ހޯދުމަށް ބާއްވާ އާއްމު އަޑުއެހުން މިއަދު ހެނދުނު އޮންނާނެއެވެ. އަދި މި އަޑުއެހުން ފޭސްބުކް މެދުވެރިކޮށް ލައިވް ސްޓްރީމް ކުރެވޭނެއެވެ.

https://twitter.com/ICOMmv/status/1448269215639617543

Advertisement
Ooredoo — Truecaller (box)

މިކަމާ ބެހޭގޮތުން ނޫސްވެރިޔާ އަޒާން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވާ އޭނާ ހޯދަން އެދުނު މައުލޫމާތު 7 ދުވަހުގެ މުއްދަތެއްގެ ތެރޭގައި ދިނުމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ޑިފެންސަށް އަންގައިފައިވާ ކަމަށެވެ.

އިންޑިއާ ސަރުކާރާއި ދިވެހި ސަރުކާރާ ދެމެދު ވެފައިވާ އުތުރު ތިލަފަޅުގެ އެއްބަސްވުން ހޯދަން މިނިސްޓްރީ އޮފް ޑިފެންސްގައި ރައްޔިތުންގެ މަޖިލީހުން އެދޭނެ ކަމަށް މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވެސް ވަނީ ވިދާޅުވެފައެވެ.

އުތުރުތިލަފަޅު އެއްބަސްވުންކަމަށް ބެލެވޭ ލިޔުމެއް މީގެ ކުރިން ސޯޝަލް މީޑިއާގައި ލީކުވިއެވެ. އެލިޔުމުގައިވާ ގޮތުން އިންޑިއާގެ ހަތިޔާރުއެޅި ސިފައިން ރާއްޖޭގައި ތިބުމުގެ ހުއްދަ 15 އަހަރަށް ވަނީ ދީފައެވެ. އަދި އިންޑިއާއިން ބޭނުންވެއްޖެ ނަމަ އެ މުއްދަތު އިތުރު 15 އަހަރަށް ދަންމައިލެވޭނެއެވެ.

މިކަން ސަރުކާރުން ދޮގު ކުރެއެވެ. ސަރުކާރުން ބުނަނީ ހަތިޔާރުއެޅި އެހެން ގައުމެއްގެ އެއްވެސް ސިފައިންގެ މީހަކު ރާއްޖޭގައި ތިބުމުގެ ހުއްދަ ދޭ އެއްވެސް އެއްބަސްވުމެއް ދިވެހި ސަރުކާރުން ހަދައިފައި ނުވާނެކަމަށެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް