Wednesday, 4 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

މީހަކު ރަހީނުކޮށް އިނގިއްޔެއް ބުރިކޮށްލައިފި

މީހަކު ރަހީނުކޮށް އިނގިއްޔެއް ބުރިކޮށްލައިފި

މާލޭގައި ތިން މީހަކު ވެގެން މީހަކު ރަހީނުކޮށް އެ މީހާގެ އިނގިލި ބުރިކޮށްލައިފި އެވެ.

އެކަމެއް އިއްޔެ ހިނގާފައިވާއިރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ 18 އަހަރާއި، 21 އަހަރުގެ އިތުރުން 23 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ކްރިމިނަލް ކޯޓުގެ ކޯޓު އަމުރުގައިވާ ގޮތުން އެ ތިން މީހުންނަށް ތުހުމަތު ކުރެވެނީ ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމާއި، މިހެއްގެ ގައިގައި ޖެހުމުގެ އިތުރުން ހުއްދަ ނޫން ގޮތުގައި މީހަކު ހިފެހެއްޓުމެވެ.

Advertisement
Ooredoo — Square (box)

އަދި މީހެއްގެ އިނގިލި ބުރިކޮށްލި ކަމަށްވެސް އެ މީހުންނަށް ތުހުމަތު ކުރެވެ އެވެ.

ނަމަވެސް އިނގިލި ބުރިކޮށްނުލާ ކަމަށާއި ޕަވަޓޫލް އެއް ބޭނުން ކުރަނިކޮށް އަނިޔާވީ ކަމަށް ހައްޔަރުކުރި ތިން މީހުންގެ ފަރާތުން ކޯޓުގައި ބުނެފައިވެ އެވެ. ނަމަވެސް އަނިޔާ ލިބުނު ފަރާތުގެ ފޮޓޯތަކަށް ބަލާއިރު ޖިސްމާނީ އަނިޔާ ގަސްދުގައި ދީފައިވާ ކަމަށް ބެލެވޭ ކަމަށް ކޯޓު އަމުރުގައިވެ އެވެ.

ކޯޓުން ވަނީ ޝަރީއަތް ނިމެންދެން އެ ތިން މީހުން ބަންދުކޮށްފަ އެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް