Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ރަސްމީ ދަތުރުފުޅެއްގައި ރައީސް ލަންކާއަށް ވަޑައިގަންނަވަނީ

ރަސްމީ ދަތުރުފުޅެއްގައި ރައީސް ލަންކާއަށް ވަޑައިގަންނަވަނީ

ރަސްމީ ދަތުރުފުޅެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ސްރީލަންކާއަށް ފުރާ ވަޑައިގަންނަވަން ހަމަޖެހިއްޖެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް ލަންކާއަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ އޮގަސްޓު މަހު ކުރީ ކޮޅުގަ އެވެ.

ރައީސްގެ މިދަތުފުޅުގެ ތަފްސީލެއް ރައީސް އޮފީހުން އަދި މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.

Advertisement
Allied Insurance — Square (box)

ރައީސްގެ މި ދަތުރުފުޅަކީ ލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހަގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއް ކަމަށް މައުލޫމާތު ލިބެ އެވެ.

ރަނިލް ވަނީ މިދިޔަ ނޮވެމްބަރު މަހު, ރައީސް ޑރ. މުއިއްޒު ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ރާއްޖެ  ވަޑައިގެންފަ އެވެ. އޭރު ރަނިލް ވަނީ އެގައުމަށް ވަޑައިގަތުމުގެ ދައުވަތު ރައީސަށް ދައުވަތު އަރުވާފަ އެވެ. މިއީ ވެރިކަމުގެ ހުވާ ކުރެއްވި ފަހުން ރައީސް ލަންކާއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

މިދިޔަ މަހު ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވެސް ވަނީ ލަންކާއަށް ރަސްމީ ދަތުރެއް ކުރައްވާފަ އެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް