ޚަބަރު އިޖުތިމާޢީ

އަންނަ މަހު ބާއްވާ އިލްމުވެރިންގެ މަހާސިންތާގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
އިސްލާމީ އަގީދާގެ ދެވަނަ ދައުރާގެ ތެރެއިން: އިލްމުވެރިންގެ މަހާސިންތާގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައި - ފޮޓޯ:އިސްލާމިކް މިނިސްޓްރީ

ދިވެހިރާއްޖޭގެ އިލްމުވެރީންގެ މެދުގައި ބާއްވާ 'އިލްމުވެރީންގެ މަހާސިންތާ' ގައި ބައިވެރިވުމުގެ ފުރުސަތު އިސްލާމިކް މިނިސްޓްރީން ހުޅުވާލައިފި އެވެ.

Ads by Hajj Corporation

އިސްލާމިކް މިނިސްޓްރީން ވަނީ މި އަހަރު މުހިންމު ހަ މަހާސިންތާއެއް ބާއްވާން ނިންމައި އެކަން އިއުލާނުކޮށްފަ އެވެ. އެއީ އިލްމުވެރީންގެ މަހާސިންތާއަކާއި ޖަމިއްޔާތަކުގެ މަހާސިންތާއަކާއި އިމާމުންގެ މަހާސިންތާއަކާއި ޒަކާތުގެ މަހާސިންތާއަކާއި ހައްޖާއި އުމްރާގެ މަހާސިންތާއެއްގެ އިތުރުން ފަތުވާ މަހާސިންތާއެކެވެ.

މި މަހާސިންތާތައް ބާއްވާ ތާރީހުތައް:

  • އިލްމުވެރީންގެ މަހާސިންތާ - އޮގަސްޓް 24
  • ޖަމިއްޔާތަކުގެ މަހާސިންތާ - ސެެޕްޓެމްބަރު 4
  • އިމާމުންގެ މަހާސިންތާ - އޮކްޓޫބަރު 26
  • ޒަކާތުގެ މަހާސިންތާ - އޮކްޓޫބަރު
  • ހައްޖާއި އުމްރާގެ މަހާސިންތާ - އޮކްޓޫބަރު
  • ފަތުވާ މަހާސިންތާ - ނޮވެމްބަރު

އަންނަ އޮގަސްޓު މަހުގެ 24 ވަނަ ދުވަހު ބާއްވާ އިލްމުވެރިންގެ މަހާސިންތާގެ މައުލޫއެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ "އިސްލާމީ އިންތަކާއި މިންތައް ހިމާޔަތް ކުރުމުގައި އިލްމުވެރީންގެ ދައުރު" މި ޝިއާރެވެ. މި މަހާސިންތާ ބޭއްވުމުގެ މަގުސަދަކީ އިލްމުވެރީންގެ މެދުގައި ހިޔާލުތަފާތުވުންތައް ކުޑަކޮށް ދީނީ ފިކުރު އެއް ގޮތްކުރުން ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެ އެވެ.

އިސްލާމިކް މިނިސްޓްރީން ވަނީ މި މަހާސިންތާގައި ބައިވެރިވުމުގެ ފުރުސަތު ރާއްޖޭގެ ހުރިހާ އިލްމުވެރީންނަށް ހުޅުވާލާފަ އެވެ. އެ މިނިސްޓްރީން ބުނި ގޮތުގައި ވީހާވެސް ގިނަ އިލްމުވެރީންނަށް ބައިވެރިވުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން މަހާސިންތާ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ އަތޮޅުތަކުގައި ތިބި އިލްމުވެރީންނަށް އޮންލައިންކޮށް ބައިވެރިވެވޭނެ ގޮތަށް ކަމުގަ އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!