Sunday, 1 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ސައިން ލެންގުއޭޖް ދަސްކޮށްދޭ ކޯސްތައް އަންނަ މަހު ފަށަނީ

ސައިން ލެންގުއޭޖް ދަސްކޮށްދޭ ކޯސްތައް އަންނަ މަހު ފަށަނީ

ސައިން ލެންގުއޭޖް ދަސްކޮށްދޭ ކޯސްތަކެއް އަންނަ މަހު ފަށާ ގޮތަށް ސޯޝަލް އެންޑް ފެމެލީ ޑިވޮލޮޕްމެންޓް މިނިސްޓްރީން ނިންމައިފި އެވެ.

ސަރުކާރުން ހިންގާ "ސަރުކާރު" ނޫހުގައި ޝާއިއު ކޮށްފައިވާ އާޓިކަލެއްގައި ފެމެލީ މިނިސްޓްރީން ބުނީ ބޭސިކް ސައިން ލޭންގުއޭޖް ކޯހަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާ އިޝާރާތުން މުއާމަލާތުކުރުމަށް ފަރުމާ ކުރެވިފައިވާ ކޯހެެއް ކަމަށެވެ.

އެ ކޯސް ފަށަން ހަމަޖެހިފައިވަނީ އަންނަ އޮގަސްޓު މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގަ އެވެ. ޖެންޑާއިން ބުނީ އެ ކޯސް ކުރިއަށް ގެންދަން ނިންމާފައިވަނީ މިނިސްޓަރު ޑރ. އާއިޝަތު ޝިހާމްގެ އިސްނެންގެވުމުގެ މަތިން ކަމަށެވެ.

Advertisement
Allied Insurance — Square (box)

ފުރަތަމަ މަރުހަލާގައި ސަރުކާރުގެ އެކި އިދާރާތަކާއި ކުންފުނިތަކުގައި އަޑުއިވުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހިދުމަތްދޭން ތިބޭ މުވައްޒަފުންނަށް ކޯސް ކުރިއަށް ގެންދިއުމުގައި އިސްކަން ދެވޭނެކަމާއި، މިއީ ސެލްފް-ޕޭސްޑްކޮށް ދެވިފައިވާ މުއްދަތެއްގެ ތެރޭގައި ނިންމާގޮތަށް ފަރުމާ ކުރެވިފައިވާ ކޯހެއް ކަމަށް  މިނިސްޓްރީން ބުންޏެވެ.

މި ކޯހަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދިރިއުޅުމުގެ އެކި ކަންކަމުގައި ދިމާވާ ގޮންޖެހުންތައް މަދުކޮށް، އެހެން މީހުންނެކޭ އެއްފަދައިން މުޖުތަމައުގެ އެކި ކަންކަމުގައި ބައިވެރިވެ އުޅުމުގެ ފުރުސަތު އެފަރާތްތަކަށް ވެސް މަގުފަހި ކޮށްދިނުމުގެ ގޮތުން ކަމަށް މިނިސްޓްރީން މައުލޫމާތުދެ އެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް