ޔާމީންގެ އެއް މިލިއަން ޑޮލަރުގެ މައްސަލައިގެ އިސްތިއުނާފު މިއަދު ފަށަނީ
އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅޭ ފައިސާތަކެއް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓަށް ވަނުމާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއެކު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގައި ހުޅުވި އެކްސްކްރޯ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރުގެ މައްސަލާގައި އެ ބޭންކުން ޔާމީނާ ދެކޮޅަށް ހުށަހެޅި މައްސަލަ ފަށަން ހައިކޯޓުގައި ތާވަލުކޮށްފި އެވެ.
މައުލޫމާތު ލިބޭ ގޮތުން މި މައްސަލަ ހައިކޯޓުގައި މިއަދު ފަށާއިރު މައްސަލަ ބައްލަވާނީ ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ. މި މައްސަލަ ބީއެމްއެލުން އެ ކޯޓުގައި އިސްތިއުނާފު ކޮށްފައި ވަނީ މިދިޔަ ފެބްރުއަރީ މަހު އެވެ.
ބީއެމްއެލުން އޭސީސީ އާއި ޔާމީނަށް ރައްދުވާ ގޮތަށް ހައިކޯޓަށް ހުށަހެޅި މައްސަލައަކީ ސިވިލް ކޯޓުގައި އެ ފައިސާ އާ ގުޅޭގޮތުން ހިނގަމުންދާ މައްސަލާގައި އެ ކޯޓަށް މައްސަލަ ބެލުމުގެ އިހްތިސޯސް އޮތްތޯ އުފެދުނު ސުވާލެއްގެ މައްސަލަ އެވެ.
ސިވިލް ކޯޓުގައި މައްސަލަ ފެށުމުން ބީއެމްއެލްގެ ހުށަހެޅި އިއުތިރާޒަކީ އެ މައްސަލާގައި އެ ބޭންކުން ޒިންމާވާން ނުޖެހޭނެ ކަމަށެވެ. އެކަމަކު ސިވިލް ކޯޓުން ނިންމީ ބީއެމްއެލް ވެސް ބައިވެރިކޮށްގެން މައްސަލަ ފެށުމަށެވެ. ސިވިލް ކޯޓުގެ އެ ނިންމުން ހައި ކޯޓުގައި އިސްތިއުނާފުކުރީ އެވެ.
ބޮޑާބެ ލައްކަ ތެޅޭ އެބަ