ޖަލުން ފޯނުތައް ހޯދަން އޮޕަރޭޝަން ފެށީ، "ޗިލިން ވިތު ސެލް މޭޓް" ޖަހާފައި ގައިދީއަކު ދޫކޮށްލި ޕޯސްޓެއް ފެނިގެން
މާފުށީ ޖަލަށް މަސްތުވާތަކެއްޗާއި ފޯނު ވައްދާތީ މޯލްޑިވްސް ކަރެކްޝަންސް އިން ދާދިފަހުން ވަނީ ބޮޑު އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފަ އެވެ. ޖަލު އޮފިސަރުންގެ ތެރެއިން ބަޔަކު ހައްޔަރުކޮށް ގިނަ އަދަދެއްގެ ފޯނާއި މުވާސަލާތީ އިތުރު އާލާތްތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެ އެވެ.
މިއަދު ހެނދުނު މީޑިއާއަކުން ގެނެސްދިން ޕްރޮގްރާމެއްގައި ޖަލުތަކުގެ ބެލެނިވެރިފަރާތްކަމަށްވާ ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ވަނީ އެ ރެއިޑްތައް ފެށުނު ގޮތް ތަފްސީލްކޮށް ހިއްސާކޮށްފަ އެވެ.
އިހުސާން ވިދާޅުވީ މިނިސްޓަރުކަމާ ހަވާލުވެ ވަޑައިގަތް ފަހުން ފޭސްބުކް ފީޑުން އާދަޔާ ހިލާފު ޕޯސްޓެއް ފެނުނު ކަމަށެވެ. މިނިސްޓަރު ވިދާޅުވީ އެ ޕޯސްޓު ޖެހީ އޭނާ ނިސްބަތްވަވެވަޑައިގަންނަވާ އައްޑޫ ސިޓީގެ މީހެއް ކަމަށެވެ. އެއީ ޖަލުގައި ހުރި މީހެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"ޗިލިން ވިތް ސެލްމޭޓް، ޕޯސްޓުގައި އޮތީ މިހެން" އިހުސާން ވިދާޅުވި އެވެ.
އިހުސާން ވިދާޅުވީ ޖަލުގައި ބަންދުކޮށްފައި ހުރި އެ މީހާގެ ވަނަވަރު ހޯދައި އެ ގޮޅި ރެއިޑްކުރި ކަމަށެވެ. މިނިސްޓަރު ކިޔައިދިން ގޮތުގައި ފާސްކުރި ގޮޅިން އެ ދުވަހު ފޯނެއް ވަނީ ހޯދާފަ އެވެ. ނަމަވެސް ފޯނު އަތުލުމަށް ފަހުވެސް އެމީހާ ފޭސްބުކް ސްޓެޓަސް ޖެހި ކަމަށެވެ.
"ދެވަނަ ފަހަރަށް ރެއިޑްކޮށް އަނެއްކާ ވެސް ފޯނެއް ހޯދި. އެކަން ތަކުރާރުކޮށް ތިން ފަހަރު ވުމުން, މިއީ ސިސްޓަމްގެ މައްސަލައެއްކަމާއި ހައްލު ހޯދޭނީ އެތެރެއިން ކަން އިނގުނު'' ޖަލު އޮޕަރޭޝަން ފެށުނު ގޮތް ވިދާޅުވެދެއްވި އެވެ.
"އޭރު ރައީސް ވެސް އަންގަވާފައި އޮތީ މިއީ ކުރެވިގެންވާނެ ކަމެއް ނޫންކަން. އަޅުގަނޑުމެން އެ ދުވަހު ޓާސްކް ކުރިން އިންޓެލިޖެންސަށް މިކަން ބެލުމަށް" މިނިސްޓަރު ވިދާޅުވިއެވެ.
އިހުސާން ވިދާޅުވީ, ފޯނު ވެއްދުމުގައި އުޅޭ ޖަލު އޮފިސަރުންނާއި, އެކަން ކުރާ ނެޓްވޯކް ދެނެގަނެވުނީ ތިން މަސް ދުވަހުގެ ބޮޑު އިންޓެލިޖެންސަކުން ކަމަށެވެ. އެގޮތުން މިހާރު ޖަލަށް ފޯނު ވައްދާ އޮފިސަރުންގެ ނެޓްވޯކްތައް ދެނެގަނެ, ނެޓްވޯކްތައް ފޫ އަޅުވާލެވިފައިވާ ކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވިއެވެ.
"ފުލުހުންނާއި ސިފައިންނާއި ކަރެކްޝަންސްއާ ގުޅިގެން ގާތްގަނޑަކަށް 400 މީހުން ވެގެން ޖަލުތައް މިހާރު ވާނީ ސާފުކުރެވިފައި" އިހްސާން ވިދާޅުވި އެވެ.
އަދިވެސް ސާފެއްނުވޭޭ.
މިއަދުވެސްް ޔުނިޓް-4 ޑަބްލިޔު-ވަންް ސީީ ނައިންް ސެލްް އިންް ގުޅިި. ހެޔޮޮ ނުވާނެެ އެސެލްގަަ އޮތްް ފޯނުވެސްް ނަގާބަލަަ.
އަދިވެސް ޖަލުން ފައިދާހޯދަން ގުޅާ މަކަރުވެެރި ކޯލްތައް އާދޭ. އެކަމަކު ކުރިޔަށްވުރެން މަދޭ ދެންނެވޭނީ
އަދި ތިކޮށާލެވުނީ ގަހުގެ ފަތްކޮޅު!! ނެޓްވޯކުގެ ބޮޑުން ތިބީ ފިނިކޮޓަރީގަ، ވަޒީފާގަ…