ޚަބަރު

ގަދަވަޔާ ވިއްސާރަޔާއެކު ނަރުދޫ އަށްވެސް ބޮޑެތި ގެއްލުންތަކެއް

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ރާއްޖެއަށް މިހާރު ކުރަމުން ދާ ގަދަ ވިއްސާރާގައި ށ.ނަރުދޫއަށް ވެސް ބޮޑެތި ގެއްލުން ތަކެއް ވެއްޖެއެވެ.

Ads by Hajj Corporation

ނަރުދޫ ކައުންސިލްގެ ރައީސް އަހުމަދު އަރީފް "ދެން"އާއި ވާހަކަ ދައްކަވަމުން ވިދާޅުވީ ރަށުގައި ހެދިފައި ވާ އެންމެ ބޮޑެ 2 ގަސް މުލުން ލުހެލާފައި ވާކަމަށާއި އެ ގަހުގެ އެއްބައި ގޮފިތައް ބައެއް ގޭގޭގެ ފުރާޅު މައްޗަށް ވެއްޓިފައި ވާކަމަށެވެ. އެހެން ނަމަވެސް އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާކަމަށް އަރީފު ވަނީ ވިދާޅުވެފައެވެ.

ބައެއް ގޭގެއަށް ކޮންމެވެސް ވަރަކަށް ވިއްސާރައިގެ އަސަރު ކުރިކަމުގައި ވީނަމަވެސް ފެނުގެ ސަބަބުން ބޮޑު ގެއްލުމެއް ނުލިބޭ ކަމަށާއި، އެހެން ނަމަވެސް ގަދަ ވައިގެ ސަބަބުން އެކި ވަރުގެ ގެއްލުންތައް ރަށުތެރެއަށް ލިބިފައިވާ ކަމަށް އަރީފް ވަނީ ވިދާޅުވެފައެވެ.

އަދި ރައްޔިތުންނާއި ކައުންސިލް ގުޅިގެން މިހާރު މަސައްކަތް ކުރަމުން އަންނަނީ ވެއްޓިފައިވާ ގަސްތައް ނަގާއި މަގުތައް ސާފުކުރުމާއި ގެތަކަށް ލިބިފައިވާ ގެއްލުންތަކުން ސަލާމަތްކުރުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިދުވަސްވަރަކީ މޫސުން ގޯސް ދުވަސްވަރެއްކަމުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން ތިބުމަށް އެރަށުގެ ރައްޔިތުންނަށް އަރީފް ވަނީ އިލްތިމާސްކޮށްފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!