ޚަބަރު ރައްޔިތުންގެ މަޖިލިސް

ދިވެހިންނަށް އިސް ވަޒީފާތައް ދޭން ފާސްކުރީ 5 އަހަރު ފަހުން އަމަލު ކުރާ ގޮތަށް!

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

މީގެ 5 އަހަރު ފަހުން ސީނިއާ މެނޭޖްމެންޓް ވަޒީފާތަކުގެ 69 އިންސައްތަ ދިވެހިންނަށް ދޭން ލާޒިމުވާ ގޮތަށް ވަޒީފާ އާއި ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް މިއަދު މަޖިލީހުން ފާސް ކޮށްފިއެވެ.

Ads by Sosun Fihaara

ޓޫރިޒަމް ވިޔަފާރިތަކާއި 50 މުވައްޒަފުންނަށް ވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރާ ތަންތަނުގެ ސީނިއާ މެނޭޖްމަންޓްގެ ވަޒީފާތަކުގެ 60 އިންސައްތަ ދިވެހިންނަށް ދޭން ޖެހޭނެ ކަމަށް ބިލް ދިރާސާކުރި މަޖިލީހުގެ އިޖްތިމާއީ ކޮމިޓީ އާއި އިގްތިސާާދީ ކޮމިޓީގެ ރިޕޯޓްގައިވެއެވެ.

އެހެން ކަމުގައި ވީނަމަވެސް މި މާއްދާއަށް އަމަލު ކުރަން ފަށާނީ ގާނޫނު ތަސްދީގު ކުރާތާ 5 އަހަރު ހަމަވުމުންނެވެ.

ކޮމިޓީ ރިޕޯޓަށް ކެންދޫ ދާއިރާގެ ޖޭޕީގެ މެންބަރު ހުށަހެޅުއްވި އިސްލާހެއްގައި ވަނީ 5 އަހަރުގެ ބަދަލުގައި ދެ އަހަރު ހަމަވުމުން އެ މާއްދާއަށް އަމަލު ކުރާ ގޮތަށެވެ. އަދި 50 އަށް ވުރެ ގިނަ މުވައްޒަފުން ތިބޭ ކުންފުނިތަކުގެ ބަދަލުގައި 10 އަށް ވުރެ ގިނަ މުވައްޒަފުން ތިބޭ ކުންފުނިތަކުން އެއަށް އަމަލު ކުރާ ގޮތަށެވެ.

އެހެންނަމަވެސް މަޖިލީހުގެ ތަޅުމުގައި އަލީ ހުސައިންގެ އިސްލާހަށް ނެގި ވޯޓުގައި 57 މެންބަރުން ވޯޓު ދެއްވީ އެ އިސްލާހު ފާސްކުރަން ނުފެންނަ ކަމަށެވެ. އެ އިސްލާހު ފާސްކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ އެންމެ ހަތަރު މެންބަރުންނެވެ. އެހެންކަމުން އެ އިސްލާހު ފާހެއް ނުވެއެވެ.

5 އަހަރު ފަހުން އަމަލު ކުރާގޮތަށް ވަޒީފާގެ ގާނޫނަށް އިސްލާހު ގެނައި ބިލް ފާސްވީ މަޖިލީހުގެ 55 މެންބަރުންގެ ވޯޓުންނެވެ. އަދި ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓެއް ނުލައްވައެވެ.

ވަޒީފާގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގައި އެ މާއްދާ އިތުރު ކުރަން ކޮމިޓީގައި ހުށަހެޅުއްވީ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއުއެވެ. އެ އިސްލާހުގައި އިތުރަށް ވަނީ،50 އަށް ވުރެ ގިނަ މުވައްޒަފުން ތިބޭ ކުންފުނިތަކާއި ތަންތަނުގައި ސީނިއާ މެނޭޖްމަންޓްގެ އެންމެ އިސްވެރިޔަކަށް ދިވެއްސަކު ހުންނަން ޖެހޭނެ ކަމަށް ލާޒިމްކޮށްފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!