ޚަބަރު އިޖުތިމާޢީ

ކާނާ ވިހަވި ދަރިވަރުންގެ ތެރެއިން އެކަކު ވޯޑަށް، ދެވަނަ މީހާ އަދިވެސް އައިސީޔޫގައި

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
އައްޑޫގައި ހުންނަ ޕޮލިސް އެކަޑަމީ.. ދެން އިމޭޖްސް

އައްޑޫ ސިޓީގައި ހުންނަ ޕޮލިސް ކޮލެޖުގެ ދަރިވަރުންތަކެއް ކާނާ ވިހަވި ހާދިސާގައި އައިސީޔޫގައި ފަރުވާދެމުން އައި ދަރިވަރުންގެ ތެރެއިން އެއް ދަރިވަރު ވޯޑަށް ބަދަލުކޮށްފައިވާ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފި އެވެ.

Ads by Sosun Fihaara

ޕޮލިސް ކޮލެޖުގެ 32 ދަރިވަރަކު ކުއްލިއަކަށް ހާލު ދެރަވެގެން އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި އެނދުމަތިކޮށްފައި ވަނީ މިދިޔަ ބުދަ ދުވަހުގެ ރެ އެވެ. މި ދަރިވަރުންގެ ހާލު ދެރަވީ، ބެލެވޭ ގޮތުގައި ކާނާ ވިހަވެގެން ކަމަށް ފުލުހުން ބުނެފައިވެ އެވެ. ހޮސްޕިޓަލުގައި އެނދުމަތި ކުރި ދަރިވަރުންގެ ތެރެއިން ފަސް ދަރިވަރަކަށް އައިސީޔޫގައި ފަރުވާދޭނެ ޖެހުނެވެ.

މީޑިއާތަކަށް ފުލުހުންގެ މިއަދު ފޮނުވި މެސެޖެއްގައި ބުނީ އައިސީޔޫގައި ފަރުވާ ދެމުންދިޔަ ދެ ދަރިވަރުންގެ ތެރެއިން އެއް ދަރިވަރު މިހާރު ވަނީ ވޯޑަށް ބަދަލުކޮށްފައި ކަމަށެވެ. ދެ ދަރިވަރުންގެ ހާލު ވެސް އަންނަނީ ރަނގަޅުވަމުން ކަމަށް ފުލުހުން ބުނެ އެވެ.

މިފަދަ ހާދިސާއެއް ތަކުރާރުވިޔަ ނުދޭން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ފުލުހުން ބުނެފައިވާއިރު، ކަން ހިނގި ގޮތް ކަމާ ގުޅުންހުރި އިދާރާތަކުން އަންނަނީ ބަލަމުންނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!