ހޮލީވުޑް ބޮލީވުޑް މުނިފޫހިފިލުވުން

ވުލްވަރިންގެ ތަރި ހިއު ޖެކްމަން ބޭނުންވަނީ ޝާހުއާއެކު މަސައްކަތްކުރަން

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
އޮސްޓްރޭލިއާގެ އެކްޓަރު ހިއު ޖެކްމަން އަދި އިންޑިއާގެ އެކްޓަރު ޝާހުރުކް ހާން

"އެކްސް މެން" އަދި "ވުލްވަރިން" ފަދަ ކާމިޔާބު ފިލްމުތަކުގެ ލީޑްރޯލުން ފެނުނު އޮސްޓްރޭލިއާގެ ތަރި ހިއު ޖެކްމަން، ބޮލީވުޑް ސުޕަސްޓާ ޝާހުރުކް ހާން އާއިއެކު މަސައްކަތް ކުރަން ބޭނުންވާކަން ހާމަކޮށްފި އެވެ.

Ads by STELCO

މާވެލް ސިނަމެޓިކް ޔުނިވާސްގެ "ޑެޑްޕޫލް އެންޑް ވުލްވަރިން" މިމަހު ރިލީޒް ވާން ތައްޔާރުވަމުންދާއިރު މިފިލްމުގެ ޕްރޮމޯޝަން މަސައްކަތްތައް ބާރު ދުވެލީގައި ދަނީ ކުރިއަށެވެ. ފިލްމުގެ ލީޑް ރޯލުން ފެންނަނީ ރަޔާން ރޭނޯލްޑްސް އާއި ހިއު ޖެކްމަން އެވެ.

މި ދެތަރިން ދާދި ފަހުން ދިން އިންޓަވިއުއެއްގައި ބޮލީވުޑް ތަރިންގެ ތެރެއިން އެންމެ މަސައްކަތް ކުރަން ބޭނުންވަނީ ކޮން ތަރިއަކާއިއެކުތޯ ސުވާލު ކުރެވުނެވެ. ޖަވާބުގައި ޖެކްމަން ބުނީ އޭނާ އެންމެ މަސައްކަތް ކުރަން ބޭނުންވަނީ ސުޕަސްޓާ ޝާހުއާއެކު ކަމަށެވެ.

އޭނާ ބުނި ގޮތުގައި ވޭތުވެދިޔަ ތަނުގައި ޝާހުއާއެކު މަސައްކަތް ކުރުމުގެ ފުރުސަތުތައް ލިބެން އުޅޭކަމުގެ ވާހަކަތަކެއް ދެކެވުނެވެ. އެހެންނަމަވެސް އެއްވެސް މަސައްކަތެއް ކުރަން އަދި މުޅިން ފައިނަލްވެފައި ނުވާކަމަށް ޖެކްމަން ބުންޏެވެ.

ރަޔާން ބުނީ އޭނާ އެންމެ މަސައްކަތް ކުރަން ބޭނުންވަނީ އެކްޓަރު ރަންވީރް ސިންގް އާއެކު ކަމަށެވެ. އޭނާ ވަނީ ރަންވީރުގެ މަސައްކަތްތަކަށް ތައުރީފުވެސް ކޮށްފަ އެވެ. ހާއްސަކޮށް ރަންވީރުގެ ކޮމެޑީ ފިލްމުތައް ރަޔާން ފާހަގަކުރި އެވެ.

"ޑެޑްޕޫލް އެންޑް ވުލްވަރިން" ސިނަމާއަށް އަންނާނީ މިމަހުގެ 26 ގަ އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!