Wednesday, 4 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ބިދޭސީއެއްގެ އަތުން ފޭރުނު އަންހެނަކު ހައްޔަރުކޮށްފި

ބިދޭސީއެއްގެ އަތުން ފޭރުނު އަންހެނަކު ހައްޔަރުކޮށްފި

ބިދޭސީއެއްގެ އަތުން ފައިސާތަކެއް ފޭރުނު މައްސަލައެއްގައި ދިވެހި އަންހެނަކު ހައްޔަރުކޮށްފި އެވެ.

އެކަމެއް އިއްޔެ ހިނގާފައިވާއިރު، ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައިރު އެއީ ކުޅުދުއްފުއްޓަށް ނިސްބަތްވާ 28 އަހަރުގެ އަންހެނެކެވެ.

އަންހެން މީހާ ހައްޔަރުކުރީ ފޭރުމުގެ ކޮން މައްސަލައެއްގައި ކަމެއް ކްރިމިނަލް ކޯޓުގެ އަމުރުން އެނގޭކަަށް ނެތެވެ.

Advertisement
Ooredoo — Square (box)

އެކަމަކު އޭނާ ހައްޔަރުކުރީ ބިދޭސީއެއްގެ އަތުން ފައިސާ ފޭރުނު މައްސަލައެއްގައިކަން ފުލުހުން މައުލޫމާތުދެ އެވެ. ފޭރުނީ ކިހާ އަދަދެއްގެ ފައިސާއެއް ކަމެއް ނޭނގެ އެވެ. އެކަމާއި ގުޅޭ އިތުރު މައުލޫމާތެއް ނުދެ އެވެ.

ހައްޔަރުކުރި އަންހެން މީހާއަކީ ބަންދުގެ ރިކޯޑުވެސް އޮތް މީހެކެވެ.

ކްރިމިނަލް ކޯޓުން ވަނީ އެ މީހާގެ ބަންދަށް 10 ދުވަސް ޖަހާފަ އެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް