Wednesday, 4 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ކިލޯއެއްގެ ޑްރަގާއެކު 3 މީހުން ހައްޔަރުކޮށްފި

ކިލޯއެއްގެ ޑްރަގާއެކު 3 މީހުން ހައްޔަރުކޮށްފި

އެއް ކިލޯގެ މަސްތުވާތަކެއްޗާ އެކު 3 މީހުން ހައްޔަރުކޮށްފި އެވެ.

ކްރިމިނަލް ކޯޓުން މިއަދު އާއްމުކުރި ކޯޓު އަމުރުގައިވާ ގޮތުން އެ މައްސަލާގައި ހައްޔަރުކޮށްފައިވަނީ 36، 44 ގެ އިތުރުން 54 އަހަރުގެ ދިވެހި ފިރިހެނުންނެވެ.

ކޯޓު އަމުރުން އެނގޭ ގޮތުގައި ފުލުހުންގެ އިންޓެލިޖެންސް އަށް ލިބުނު މައުލޫމާތުތަކާއި ގުޅިގެން ތަނެއް ބަލައިފާސްކުރުމުގެ ތެރެއިން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ފައިސާ ފެނިފައިވާ ކަމަށެވެ.

Advertisement
Allied Insurance — Square (box)

އަދި އެ ފެނުނު މަސްތުވާތަކެތީގެ ބަރުދަނުގައި 1 ކިލޯ ހުރި ކަމަށް ކޯޓު އަމުރުގައި ބުންޏެވެ.

ހައްޔަރުކުރި މީހުންގެ ތެރެއިން 36 އަހަރުގެ މީހާގެ ބަންދަށް 7 ދުވަސް، 44 އަހަރުގެ މީހާ 20 ދުވަހަށް އަދި 54 އަހަރުގެ މީހާ 7 ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް