ބޮލީވުޑުގެ ތަރި އަރުޖުން ކަޕޫރު ކޮވިޑު-19 އަށް ފައްސި ވެއްޖެ
 
                                                    ބޮލީވުޑުގެ ތަރި އަރުޖުން ކަޕޫރު ކޮވިޑު-19 އަށް ފައްސިވެއްޖެއެވެ.
ފޭސްބުކުގައި އަރުޖުން ކަޕޫރު ޕޯސްޓްކޮށްފައިވާ ސްޓޭޓަސް އެއްގައި ވަނީ އޭނާ ކޮވިޑު-19 އަށް ފައްސި ވެފައިވާ ކަމަށާއި، މިވާހަކަ އޭނަގެ ފޭނުންނަށް ހިއްސާ ކުރުމަކީ އޭނަ ދެކޭ ގޮތުގައި އޭނަގެ ޒިންމާއެއް ކަމަށެވެ.
އަރުޖުން މި ބައްޔަށް ފައްސިވެފައިވީ ނަމަވެސް ހާލު ރަނގަޅު ކަމަށާއި، ޑޮކްޓަރުންނާއި ކަމާއި ބެހޭ ފަރާތްތަކުގެ އެންގުމުގެ ދަށުން މިހާރު “ހޯމް އައިސޮލޭޓު” ވެފައިވާ ކަމަށް ވެސް މި ސްޓޭޓަސް ގައި އޭނާ ވަނީ ހާމަ ކޮށްފައެވެ.
ފޭނުން ދެއްވާ އެއްބާރުލުމަށް ޝުކުރުއަދާކޮށް އަރުޖުން ބުނެފައިވަނީ ކުރިއަށް އޮތްތާގައި ވެސް އޭނަގެ ސިއްހީ ހާލަތާއި ގުޅެގޮތުން އޭނަގެ ފޭނުންނާއި މައުލޫމާތު ހިއްސާކުރަމުން ގެންދާނެ ކަމަށެވެ.
 
 
 
 
            
                     
            
                     
            
                     
            
                    
 
		
 
		
 
		
 
		
