ޚަބަރު ދުނިޔެ

އިންޑިއާގެ ހާލަތު ގޯސްވެ، ޖަރުމަނުން އިންޑިއާ އަށް އެހީވަނީ

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ކޮވިޑް19 ގެ ހާލަތު އެންމެ ގޯސްވެފައިވާ ގައުމުތަކުގެ ތެރޭގައި ހިމެނޭ އިންޑިއާ އަށް ޖަރުމަނު ވިލާތުން އެހީވުމަށް ނިންމައިފިއެވެ.

Ads by WAMCO
Ads by Sosun Fihaara

އެގޮތުން ޖަރުމަނުން ވަނީ އިންޑިއާ އަށް 330,000 ޓެސްޓިން ކިޓާއި، 600,000 ޕީޕީއީ ހަދިޔާ ކުރުމަށް ނިންމާފައެވެ. މި އެއްޗެހީގައި އަގު 17.8 މިލިއަން އެމެރިކާ ޑޮލަރަށް އަރާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މީގެ އިތުރުން ވެސް ޖަރުމަނުން ވަނީ އިންޑިއާ އަށް 460 މިލިއަން ޕައުންޑުގެ ކުރު މުއްދަތުގެ ލޯނު ދިނުމަށް ވެސް ނިންމާފައެވެ.

ޖަރުމަނު ގެ ޑިވޮލޮޕްމެންޓު މިނިސްޓަރު ގާޑް މުލާ ހާމަކުރި ގޮތުން އެގައުމުން އިންޑިއާ އަށް އެހީވުމުގެ ބޭނުމަކީ އިންޑިއާގައި ކޮވިޑް19 ފެތުރެމުން އަންނަ މިންވަރު މަދުކުރުމަށް އެހީތެރިވުމެވެ.

ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އިންޑިއާއިން މިހާތަނަށް ޖުމްލަ 4,110,839 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. އަދި އެގައުމުން މިހާތަނަށް 70,679 މީހަކު ވަނީ މަރުވެފައެވެ.

އިންޑިއާއަކީ މިހާރު މުޅި ދުނިޔެއިންވެސް، ދުވާލެއްގެ މައްޗަށް އެންމެ ގިނަ ބަޔަކު ފައްސިވެ، މަރުވަމުންދާ ޤައުމެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެކަނިވެސް އެގައުމުން 90,600 އަށްވުރެ ގިނަ ބަޔަކަށް ވަނީ ކޮވިޑް-19 ޖެހިފައެވެ. އަދި 1,044 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

 

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!