ޚަބަރު ސަރުކާރު

ދެ މިލިއަން ޑޮލަރު ހުރި ސޮވެރިން ފަންޑަށް 65 މިލިއަން ޑޮލަރު ޖަމާކޮށް އިގުތިސޯދީ މިނިވަންކަން ޔަގީންކޮށްފިން: ރައީސް

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ވާހަކަފުޅު ދައްކަވަނީ: ވިދާޅުވީ މިހާތަނަށް ސޮވެރިން ފަންޑަށް 65 މިލިއަން ޑޮލަރު ޖަމާކޮށްފައިވާ ކަމަށް / ފޮޓޯ:ރައީސް އޮފީސް

ދެ މިލިއަން ޑޮލަރުގައި ހުރި ސޮވެރިން ފަންޑަށް މިހާތަނަށް 65 މިލިއަން ޑޮލަރު ޖަމާކޮށްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

Ads by STELCO

މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު އިގުތިސޯދު އޮތީ ޔަގީންވާ ހާލެއްގައި ނޫން ކަމަށެވެ. އޭރު ސޮވެރިން ޑިވެލޮޕްމަންޓް ފަންޑުގައި ހުރީ އެންމެ ދެ މިލިއަން ޑޮލަރު ކަމަށް ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑުމެން އިގުތިސޯދީ އެޖެންޑާ ތަންފީޒުކުރަން ފަށައި، ފައިސާ ޗާޕުނުކޮށް ކުރަމުން މިދާ ތަންފީޒު ކުރުމުގެ ތެރެއިން، މިއަދުގެ ހާލަތު، 26 ޖުލައި. މި ދެންނެވި ދެ މިލިއަން ޑޮލަރު ހުރި ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަށް އަޅުގަނޑުމެން ޖަމާކޮށްފިން 65 މިލިއަން ޑޮލަރު،" ރައީސް ވިދާޅުވި އެވެ.

ސޯޝަލް ސެންޓަރުގައި ހިނގަމުންދާ ޖަލްސާގައި ރައީސް ވިދާޅުވެފައި ވަނީ ސޮވެރިން ފަންޑަށް ޖަމާކުރާ ފައިސާއަކީ ބޭރުގެ ދަރަނި ދައްކަން ސަލާމަތްކުރާ ފައިސާ ކަމަށެވެ. ސަރުކާރުގެ އިގުތިސޯދީ އެޖެންޑާގައި އޮތީ އިގުތިސޯދީ ސިޔާދަތު ޔަގީން ކުރުން ކަމަށް ވެސް ރައީސް ވަނީ ފާހަގަކުރައްވާފަ އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!