ޚަބަރު

ކޮލަމާފުއްޓާ ހޯޑެއްދޫގެ ބަނދަރުގެ މަސައްކަތް ކުރުމަށް ހެވީ ފޯސްއަށް ހަވާލުކޮށްފި

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ގއ.ކޮލަމާފުއްޓާއި ގދ.ހޯދެއްޑޫގެ ބަދަނރު ހެދުމުގެ މަސައްކަތް ކުރުމަށް ހެވީ ފޯސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފިއެވެ. މިއަދު ހަވާލުކުރި މި މަސައްކަތުގެ އަގަކީ 119،6 މިލިއަން ރުފިޔާއެވެ.

Ads by MWSC

ކޮލަމާފުށީ ބަނދަރުގެ މަސައްކަތް

އިންފްރާސްޓްރަކްޗާ މިނިސްޓްރީން ހެވީ ފޯސްއާއި ދެމެދުވި އެއްބަސްވުމުގެ ދަށުން ކޮލަމާފުށީ ބަނދަރުގެ މަސައްކަތުގެ ތެރެއިން ބޭރުތޮށީގަައި 548 މީޓަރުގެ ބޮޑު ހިލަ ޖެހުމާއި 550 މީޓަރުގެ އެއްގަމު ތޮށި ލުމާއި 4 ނެރުބައްތި ހަރުކުރުން އަދި 28 ބަނދަރު ބައްތި ހަރުކުރުމާއި 2750 އަކަމީޓަރުގެ ޕޭމަންޓު އެޅުމުގެ މަަސައްކަތް ހިމެނެއެވެ. މީގެ އިތުރުން 12 މޫރިންގް ބްލޮސް ލުން ވެސް ހިމެނެއެވެ.

އަދިހަމަ އެއާއެކު 66330 ކިއުބިކް މީޓަރަށް ބަނދަރު ފުން ކުރުމާއި 5750 ކިއުބިކް މީޓަރަށް ނެރު ފުންކުރުން ހިމެނެއެވެ. މީގެ އިތުރުން 404 މީޓަރުގެ ރިވެޓްމެންޓު ޖެހުން ވެސް ހިމެނޭކަން ފާހަގަ ކުރެވެއެވެ.

ހޯޑެއްދޫ ބަނދަރުގެ މަސައްކަތް

މި މަޝްރޫއުގެ ދަށުން ގއ.ހޯޑެއްދޫ ބަނދަރުގައި 1485 މީޓަރުގެ ބޮޑު ހިލަ ބޭރު ތޮށި ލުމާއި 310 މީޓަރުގެ އެއްގަމު ތޮށި ލުމާއި 4 ނެރުބައްތި ހަރުކުރުން ހިމެނެއެވެ.އަދި ހަމަ އެހެންމެ 50 ބަނދަރު ބައްތި ހަރުކުރުމުގެ އިތުރުން 1550 އަކަމީޓަރުގެ ޕޭމަންޓު އެރުމުގެ އިތުރުން 8 މޫރިންގް ބްލޮސް ލުން ހިމެނެއެވެ،

ހަމައެހެންމެ 71590 ކިއުބިކް މީޓަރަށް ބަނދަރު ފުން ކުރުމާއި 2250 ކިއުބިކް މީޓަރަށް ނެރު ފުން ކުރުން ހިމެނެއެވެ. މީގެ އިތުރުން 652 މީޓަރުގެ ރިވެޓްމެންޓް ޖެހުންވެސް ހިމެނެއެވެ.

މި މަސައްކަތް ނިންމާލެވޭނެ ކަމަށް ލަފާ ކުރެވެނީ 730 ދުވަހުގެ ތެރޭގައެވެ. އަދި މަޝްރޫއުގެ ޖުމުލަ އަގަކީ 119.6 މިލިއަން ރުފިޔާއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!