މީހަކު ބަރަހަނާކޮށް، ބިރު ދައްކައި ފައިސާ ފޭރިއްޖެ

މާލޭގައި ގެއަކަށް މީހަކު ވައްދައި، ބަރަހަނާކޮށް ފައިސާ ފޭރިއްޖެ އެވެ.
މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ އެކަމެއް ހިނގާފައިވަނީ ހުސްވި ހަފްތާގެ ބުދަ ދުވަހު ކަމަށެވެ.
ފުލުހުން ބުނީ، އެ މީހާ ގެޔަށް ވައްދައި ބިރުދެއްކުމަށްފަހު ކޭޝް ކާޑުގެ ޕިން ނަމްބަރު ހޯޯދާ އެކައުންޓުގައި ހުރި ފައިސާ ފޭރިގަނެފައިވާ ކަމަށެވެ.
އެ މައްސަލައިގައި ކޯޓު އަމުރުގެ ދަށުން އުމުރުން 26 އަހަރާއި 35 އަހަރުގެ ދިވެހި ދެ ފިރިހެނުން ހައްޔަރުކޮށްފައިވާ ކަމަަށް ފުލުހުން ބުންޏެވެ.
އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރު ކުރުމުން އެކަކުގެ ބަންދަށް 30 ދުވަސް އަދި އަނެއް މީހާގެ ބަންދަށް 60 ދުވަސް ވަނީ ޖަހާފައި އެވެ.
އޮޅުވާލައިގެންނާ، ބިރު ދައްކައިގެން ފައިސާ ފޭރޭ މައްސަލަ ދަނީ އިތުރުވަމުންނެވެ.