ޚަބަރު

ފަތުރުވެރިން އިތުރުކުރަން ފައިސަލް އިންޑިއާ އަށް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރަން ޓޫރިޒަމް މިނިސްޓަރު މިއަދު އިންޑިއާ އަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

Ads by STELCO

މި ދަތުރުގައި ފައިސަލްއާ އެކު ރައީސް އޮފީހުގެ އެޑްވައިޒާ ޓު ދަ ޕްރެޒިޑެންޓް އޮން ޓޫރިޒަމް ޑިވޮލޮޕްމެންޓް މުހައްމަދު ހަލީލް ބައިވެރިވެވަޑައިގަންނަވާނެ އެވެ.

ފައިސަލް އިންޑިއާ އަށް ވަޑައިގަންނަވަނީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އާއި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އަދި ނޭޝަނަލް ހޮޓެލްސް އެންޑް ގެސްޓްހައުސްސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންއެޗްޖީއޭއެމް) ގުޅިގެން ބާއްވާ ރޯޑްޝޯ ގައި ބައިވެރިވެ ވަޑައިގަތުމަށެވެ.

އިންޑިއާއިން ރާއްޖެ އަންނަ ފަތުރުވެރިން އިތުރުކުރުމަށް "ވެލްކަމް އިންޑިއާ" ގެ ދަށުން ބާއްވާ ރޯޑްޝޯ، އިންޑިއާގެ ބޮޑު ތިން ސިޓީއެއްގައި ކުރިއަށްދާނެ އެވެ. އެއީ ވެރިރަށް ނިއުދިއްލީ އާއި މުމްބާއީގެ އިތުރުން ބެންގަލޫރުގަ އެވެ.

އެމްއެމްޕީއާރްސީން ބުނީ، ރޯޑް ޝޯގެ ނަސީބުވެރިންނަށް ރާއްޖޭގައި ޗުއްޓީ ހޭދަކޮށްލުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ. މި އިވެންޓުގެ ރަފަލް ސްޕޮންސަރުންގެ ތެރޭގައި ހިމެނެނީ ކަޑިންމާ މޯލްޑިވްސް، ނޯވާ މޯލްޑިވްސް، އެރީނާ ހޮޓެލްސް، ކާނީ ހޮޓެލްސް، ވިލާ ނޯޓިކާ، ސިއްރު ފެން ފުށި، ހޮލިޑޭ އިން ކަނޑޫމާ އަދި އަލިލާ ކޮތައިފަރު މޯލްޑިވްސް އެވެ.

އެ ރޯޑްޝޯގެ މަގްސަދަކީ އިތުރުވަމުންދާ ޑިމާންޑްގެ ބޭނުން ހިފައި، އިންޑިއާގެ ފަތުރުވެރިންގެ މެދުގައި އެންމެ މަގޫބުލު މަންޒިލެއްގެ ގޮތުގައި ރާއްޖެ ހެދުމެވެ. ވިޒިޓް މޯލްޑިވްސް އިން ބުނީ "ވެލްކަމް އިންޑިއާ" ރޯޑްޝޯގެ ސަބަބުން ސިލްސިލާ އަކީ ބޮޑު ކާމިޔާބީއެއް ލިބި، އިންޑިއާގެ މާކެޓުގައި ރާއްޖޭގައި އިތުރަށް ވަރުގަދަވެގެންދާނެ ކަމެއް ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!