Tuesday, 3 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ހުޅުމާލޭ އެކްސިޑެންޓްގައި ހައްޔަރުކުރި މީހުން ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ހުޅުމާލޭ އެކްސިޑެންޓްގައި ހައްޔަރުކުރި މީހުން ޝަރީއަތް ނިމެންދެން ބަންދުކޮށްފި
ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިއްޔެ ހިނގި ނުރައްކާތެރި އެކްސިޑެންޓާ ގުޅިގެން ހައްޔަރުކުރި ތިން މީހުންގެ ޝަރީއަތް ނިމެންދެން ބަންދުކޮށްފި އެވެ. އެކްސިޑެންޓުވި ސްޕޯޓްސް ކާރުގައި ތިބި ތިން ފިރިހެނުން، ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ ރެ އެވެ. އަދި މިއަދު އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ވަނީ ހާޒިރުކޮށްފަ އެވެ. ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ބަންދުކުރި މީހުންގެ ތެރޭގައި ހިމެނެނީ:
  1. ކ. މާލެ/ ހ. ނޫރާންމާގެއާގެ، އިކުރާމުއްރަހްމާން (25އ)
  2. ކ. މާލެ/ މ.ލޭންޑްއޮފްގާޑަން، އިބްރާހިމް އިކްރާމް، (33އ)
މި މައްސަލާގައި ހިމެނޭ ތިން ވަނަ މީހާ (ގއ. ކަނޑުހުޅުދޫ، އާޒާދުގެ، ޖިނާހު އިސްމާއީލް) ގެ ބަންދަށް ކޯޓުން ވަނީ 15 ދުވަސް ޖަހާފަ އެވެ. ވިނަރެސް ފްލެޓް ކައިރީގައި ހިނގި މި ނުރައްކާތެރި އެކްސިޑެންޓުގެ ސީސީޓީވީ ފުޓޭޖުގޭ ވީޑިއޯ އިން ފެންނަނީ ސައިކަލެއްގައި ދުއްވާފައި އަންނަ މީހަކު މަގުގެ އެއް ފަަރާތުގައި މަޑުކޮށްލާ މަންޒަރު ފެނެ އެވެ. ކުޑަ ވަގުތުކޮޅެއް ފަހުން ރަތް ކުލައިގެ ކާރެއް ބާރު ސްޕީޑުގައި އެ މީހާއާ ދިމާލަށް ދުއްވާފައި އަންނަ މަންޒަރު ފެނެ އެވެ. ކޮންޓްރޯލުން ނައްޓާލާފައިވާ އެ ކާރުން ޖެހުމާ އެކު، އެ މީހާ ވިއްސައިގެންދެ އެވެ. އޭގެ ފަހުގައި ކާރުގައި ތިބި މީހުން ކާރުން ނުކުމެ، އެ ތަން ދޫކޮށްދާ މަންޒަރު ފެނެ އެވެ. އަނިޔާވި މީހާއަށް އައިޖީއެމްއެޗްގައި ދަނީ ފަރުވާ ދެމުންނެވެ. އޭނާގެ ހާލު ރަނގަޅެވެ. ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނޭ އިބްރާހިމް އިކްރާމް އަކީ މިއަހަރުގެ ފެބްރުއަރީ 13, ވަނަ ދުވަހު ގަލޮޅު ދަނޑުގައި ދެ ވަނަ ޑިވިޝަނުގެ ކުއާޓާ ފައިނަލުގައި ކުޑަހެންވޭރު ޔުނައިޓެޑް އާއި ވިކްޓަރީ ސްޕޯޓްސް ކްލަބް ކުޅުނު މެޗުގައި މާރާމާރި ހިންގިކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހެކެވެ. އެހެންނަމަވެސް ވީޑީއޯ ފުޓޭޖްއާ ހަވާލާދީ އިކްރާމް ކުށެއް ކުރާ މަންޒަރު ނުވަތަ ކުށެއްކުރުމަށް ހިތްވަރު ދިންކަމުގެ އެއްވެސް ހެއްކެއް ނެތް ކަމަށް ނިންމާ, އޭނާ ދޫކޮށްލި އެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް