Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
އިޖުތިމާޢީ

ހަނިމާދޫ އެއާޕޯޓު މުވައްޒިފަކަށް މަރުތޭލަކުން ހަމަލާދީފި, ހޮސްޕިޓަލުގައި ފަރުވާ ދެނީ

ހަނިމާދޫ އެއާޕޯޓު މުވައްޒިފަކަށް މަރުތޭލަކުން ހަމަލާދީފި, ހޮސްޕިޓަލުގައި ފަރުވާ ދެނީ

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގައި ހަތިޔާރު ބޭނުންކޮށްގެން މާރާމާރީއެއް ހިންގައިފި އެވެ.

ފުލުހުން ބުނީ މާރާމާރީ ހިންގީ މަރުތޭލައެއް ބޭނުންކޮށްގެން ކަމަށެވެ. އެހެންނަމަވެސް ހަމަލާދީފައި ވަނީ ކޮން ތަނަކަށް ކަމެއް އަދި ސީދާ ބުނަން ނޭނގޭ ކަމަށެވެ.

ދިވެހި ފުލުހުންގެ ހިދުމަތުން މީޑިއާތަކަށް މިރޭ ފޮނުވި މެސެޖެއްގައި ބުނީ ހަނިމާދޫ އެއާޕޯޓުގައި މަސައްކަތް ކުރާ ދެ މުވައްޒަފަކު މާރާމާރީ ހިންގާފައިވާ ކަމުގެ ރިޕޯޓު އެ އިދާރާއަށް ލިބުނީ މިރޭ 08:00 ހާއިރު ކަމަށެެވެ.

Advertisement
HDC — Sidebar (box)

އެ ދެ މީހުން ހިންގި މި މާރާމާރީގައި އޭގެ ތެރެއިން އެކަކަށް އަނިޔާވެ ހަނިމާދޫ ސިއްހީ މަރުކަޒުގައި އަންނަނީ ފަރުވާ ދެމުންނެވެ.

މައްސަލައިގެ ތަހުގީގު އެ އިދާރާއިން ކުރަމުންދާއިރު، މައްސަލައިގައި ތުހުމަތު ކުރެވޭ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފަ އެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް