Tuesday, 3 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

މީޑިއާ ކައުންސިލުން ހުސްވި އާއްމު ދެ މެންބަރުންގެ ގޮނޑިއަށް އަންހެނުން

މީޑިއާ ކައުންސިލުން ހުސްވި އާއްމު ދެ މެންބަރުންގެ ގޮނޑިއަށް އަންހެނުން
މީޑިއާތަކުގެ ބެލެނިވެރި ފަރާތް، މޯލްޑިވްސް މީޑިއާ ކައުންސިލަށް ދެ މެމްބަރަކު އިންތިހާބުކޮށްފި އެވެ.

މީޑިއާ ކައުންސިލުގެ އާންމު 2 މެންބަރުންގެ މަގާމު ހުސްވެފައިވާތީ، އެ މަގާމަށް މެންބަރުން އިންތިހާބުކުރުމަށް ސޯޝަލް ސެންޓަރުގައި މިއަދު ކުރިއަށް ގެންދިޔަ ވޯޓުގައި އިންތިހާބު ކާމިޔާބު ކުރީ އާމިނަތު ޒިހާނާ އާއި އައިޝަތު ހަސަން އެވެ.

ޒިހާނާއަށާއި އައިޝަތަށް ވެސް ލިބުނީ 32 ވޯޓެވެ. އިންތިހާބުގައި ޖުމްލަ ހަ ކެނޑިޑޭޓަކު ވާދަކުރިއިރު މި ދެ ކެނޑިޑޭޓުން ފިޔަވާ އެެހެން ކެނޑިޑޭޓުންނަށް އެއްވެސް ވޯޓެއް ނުލިބެ އެވެ.

އިންތިހާބުގައި ވޯޓުލުމަށް 50 މީޑިއާއަކުން ރަޖިސްޓްރީ ކުރި އެވެ.

Advertisement
Ooredoo — Square (box)

އެމްއެމްސީގެ ކައުންސިލު އެކުލެވިގެންވަނީ މީޑިއާގެ އިދާރާތައް ތަމްސީލުކުރާ 8 މެންބަރުންނާއި އާންމުންގެ ތެރެއިން އިންތިހާބު ކުރެވޭ 7 މެންބަރުންނާއެކު ޖުމްލަ 15 މެންބަރުންގެ މައްޗަށެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް