ޚަބަރު

ގައުމީ ޔުނިވާސިޓީގެ ސެންޓަރަށް ވެރިޔަކު ހޯދަނީ 

ޢާއިޝަތު ނުހާ ، ދެން އޮންލައިން
ގައުމީ ޔުނިވާސިޓީގެ ސެންޓަރަށް ވެރިޔަކު ހޯދަން އިއުލާންކުރީ މިއަދު/ ފޮޓޯ: ދެން

ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)ގެ ސެންޓާ ފޯ ފައުންޑޭޝަން ސްޓަޑީޒްއަށް ވެރިޔަކު ހޯދަން އިއުލާންކޮށްފި އެވެ.

Ads by Hajj Corporation

ޔުނިވާސިޓީއިން ގެޒެޓުގައި މިއަދު ކުރި އިއުލާނުގައި ބުނީ އެ މަގާމަށް މީހަކު ހޯދަނީ ކޮންޓްރެކްޓް އުސޫލުން އައްޔަންކުރާ ދުވަހުން ފެށިގެން 4 އަހަރު ދުވަހުގެ މުއްދަތައް ކަމަށެވެ.

އެ މަގާމަށް ކުރިމަތިލާ މީހެއްގެ ހުންނަން ޖެހޭ ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ:

  • މަސައްކަތާ ގުޅުން ހުރި ދާއިރާއަކުން ރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10 ގެ ސަނަދެއް ހާސިލްކޮށްފައިވުން.
  • މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން އަދި އޭގެ ތެރެއިން މަދުވެގެން 2 އަހަރު ދުވަހުގެ ހިންގުމުގެ ތަޖުރިބާ ލިބިފައިވުން.
  • މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލްކޮށްފައިވުން.
  • މަގާމުގެ މަސައްކަތު ގެ ދާއިރާއެއްގައި 8 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން އަދި އެ މުއްދަތު ގެ ތެރެއިން މަދުވެގެން 2 އަހަރު ދުވަހުގެ ހިންގުމުގެ ތަޖުރިބާ ލިބިފައިވުން.

އެ މަގާމުގެ އަސާސީ މުސާރައިގެ ގޮތުގައި 21,123ރ ކަނޑައަޅާފައިވާއިރު ޖޮބް އެލަވަންސްގެ ގޮތުގައި މަހަކު 12,097ރ ކަނޑައަޅާފައިވެ އެވެ. އޭގެ އިތުރުން ހާޒިރީ އިނާޔަތުގެ ގޮތުގައި މަސައްކަތްކުރާ ދުވަހަކަށް 327 ރުފިޔާ ކަނޑއަޅާފައިވާއިރު އެންރޯލްމަންޓް އެލަވަންސްގެ ގޮތުގައި ދަރިވަރުންގެ އެންރޯލްމަންޓް އަދަދަށް ބަލައި 3000ރ އާއި 6000ރ ގެ އަދަދެއްގެ އެލަވަންސްއެއް ލިބެ އެވެ.

އެ މަގާމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ މި މަހުގެ 15 ވަނަ ދުވަހުގެ މެންދުރު 12 ޖަހާއިރެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!