ޚަބަރު އިޖުތިމާޢީ

ތައުލީމަށް އެންމެ ބޮޑު ގުރުބާނީއެއްވެ, ހޭދަ ކުރެއްވީ ގާސިމް: އަބްދުއްރަހީމް

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ހުވާ ކުރުމުގެ ރަސްމިއްޔާތަށްފަހު އަބްދުއްރަހީމް އާއި ގާސިމް ސަލާމް ކުރައްވަނީ

ތައުލީމީ ދާއިރާއަށް އެންމެ ބޮޑު ގުރުބާނީއެއްވެ, އެދާއިރާއިން މީހުން ބިނާ ކުރުމަށް އެންމެ ބޮޑު ހޭދައެއް ކުރެއްވި ބޭފުޅަކީ ވިލާ ކޮލެޖުގެ ބާނީ އަދި ރައްޔިތުންގެ މަޖިލީހުގެ މާމިނގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ކަމަށް އެމަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުالله ވިދާޅުވެއްޖެ އެވެ.

Ads by Sosun Fihaara

ވިލާ ކޮލެޖުގައި މުޅިން އަލަށް ފަށާ ދެ ޕްރޮގުރާމެއް އިފްތިތާހު ކޮށްދިނުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން އަބްދުއްރަހީމް ވަނީ ތައުލީމީ ޖީލެއް ބިނާކުރުމަށްޓަކައި ގާސިމް ކުރައްވާ އަގުހުރި މަސައްކަތުގެ އަގު ވަޒަންކޮށް އެކަމަށް ޝުކުރު އަދާކުރައްވައިފަ އެވެ.

“ދިވެއްސަކު ދިވެހިރާއްޖޭގެ ތައުލީމަށް މިހާތަނަށް ވެވަޑައިގެންނެވި އެންމެ ބޮޑު ގުރުބާނީ, ކުރެއްވި އެންމެ ބޮޑު ހޭދަ ކުރައްވަމުން ގެންދަވާ ބޭފުޅަކީ ތިޔަބޭފުޅުންގެ, މިކޮލެޖުގެ ބާނީ އޮނަރަބަލް ގާސިމް އިބްރާހިމްއަށް ވީކަމީ މިއަދު އަޅުގަނޑުވެސް އެކަމާ ދޭތެރޭގަ ފަހުރުވެރިވާ ކަމެއް”

ވިލާ ކޮލެޖަކީ ވަރަށް ގިނަ ކާމިޔާބީތަކެއް ހޯދަމުންދާ ފަހުރުވެރި ކޮލެޖެއްކަން ފާހަގަކުރައްވައި އަބްދުއްރަހީމް ވިދާޅުވީ އެކޮލެޖުން ގެންދަނީ ބައިނަލްއަގުވާމީ ކޮލެޖުތަކާއި ފައިހަމަ ކުރަމުން ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ދިވެހިރާއްޖޭގައި ތިބެގެން އެންމެ ޒަމާނީ ތައުލީމު ވިލާ ކޮލެޖުން ހާސިލު ކުރެވޭ ކަމަށެވެ. 

އެމަރުކަޒުން ކުރަމުން ގެންދާ މަސައްކަތަކީ ދިވެހިންގެ މާދަމާގެ ޖީލު އުފާވެރިކޮށްދިނުމަށްޓަކައި ކުރާ އަގުހުރި މަސައްކަތެއް ކަމަށްވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.

މީގެ އިތުރުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އިސްކަން ދެނީ ހަމައެކަނި ދައްކާ ވާހަކައެއްގެ މައްޗަށް ބުރަ ނުވެ, އިލްމީ ދިރާސާތަކަށްފަހު ކަންކަން ނިންމެވުމަށްކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ. މީގެ އިތުރުން ދަރިވަރުންނަށް ދިރާސާ ކުރެވޭނެ މަގު މި ސަރުކާރުން ތަނަވަސްކޮށްދެމުން ދާކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

Ads by Ooredoo
  1. ފަކުޔޫ

    މި ދެމީހުން މީ ކޯޗެއް ކިޔަވާފަ ހުރި ދެމީހުން ތަ