Friday, 6 November 2026
Advertisement
HDC — Share-Below (leaderboard)
ސިޔާސީ

ރައީސް އުޅުއްވަނީ ކައުންސިލުތައް "ސައިޒުކޮށްލަން": ހިސާން

ރައީސް އުޅުއްވަނީ ކައުންސިލުތައް "ސައިޒުކޮށްލަން": ހިސާން
ރައީސް ޑރ. މުހައްމަދު މުއިއްޒު މަސައްކަތް ކުރައްވަނީ ކައުންސިލްތަކުގެ ސައިޒު ކުޑަކުރަމަށް ނޫން ކަަމަށާއި ނިކުމެވަޑައިގެން ހުންނެވީ ކައުންސިލްތައް "ސައިޒުކުރަން" ކަމަށް އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ނައިބު ރައީސް ހިސާން ހުސައިން މިރޭ ފާޑުވިދާޅުވެއްޖެ އެވެ. ކައުންސިލުތަކުގެ ސައިޒު ކުޑަކުރުން އެއީ ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތް ކަމަށް ވިދާޅުވެ  ކައުންސިލްތަކުގެ އަދަދު ކުޑަ ކުރަން ގާނޫނުތަކަށް އިސްލާހު ގެންނަވާނެ ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ. އެމްޑީޕީގެ އޮފީހުގައި ބޭއްވި "ހަވަރު ބެރު" ޕެނަލް ޑިސްކަޝަންގައި ވާހަކަ ދައްކަވަމުން ތުޅާދޫ ދާއިރާގެ ކުރީގެ މެންބަރުންކަންވެސް ކުރެއްވި ހިސާން ވިދާޅުވީ އެމްޑީޕީން އުފަންކުރުވި ލާމަރުކަޒީ ނިޒާމުގެ ފެށުމަކީ ކަތީބު ނިޒާމާ ދެކޮޅަށް ފެށުނު ހަރަކާތް ކަމަށެވެ. އެއީ މަރުކަޒީ ބާރުތައް މާލެއަށް އެއްވެ، މާލޭން އަންގާ ގޮތަށް ރަށުގެ ކަންތައްތައް ނުނިންމޭ ހިސާބަށް ދިއުމުން ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންގެ ހިތްހަމަނުޖެހުންތަކާ އެކު ފެށުނު އިސްލާހީ ހަރަކާތްތަކުގެ ތެރެއިން އުފެދުނު ނިޒާމެއް ކަމަށް ހިސާން ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ލާމަރުކަޒީ ނިޒާމު އުފަންވެގެން އައީ ރައްޔިތުން ބާރުވެރި ކުރުވައި ރަށު ރައްޔިތު މީހާއަށް ރަށުގެ ކަންތައް ނިންމުމުގެ ބާރު ލިބިދިނުމަށް ކަމަށް.
"މިއަދު ބޭނުންވެގެން އުޅެނީ މާލޭގެ ފިނި ކޮޓަރީގައި އިންނަ ވެރިމީހާ ރަށުގެ ކަންތައް ނިންމުމުގެ ބަދަލުގައި ރަށު ރައްޔިތުން އިންތިހާބުކުރާ، ރަށު މީހާ ރަށުގެ ކަންތައްތައް ނިންމައި އެމީހުންނަށް އެ ބާރު ދިނުމުގެ ނިޒާމަަކަށް،" ހިސާން ވިދާޅުވި އެވެ.
ކުދިކުދި ރަށްތަކުގައި ފަސް ކައުންސިލަރުން ބޭނުންވާ ސަބަަބާ މެދު ރައީސް ސުވާލު އުފައްދަވާކަން ފާހަގަކުރައްވާ ހިސާން ވިދާޅުވި ގޮތުގައި ކައުންސިލްތަކަށް އެ އަދަދު ބޭނުންވާ ގޮތް ސާފުކުރާނަމަ ސަރުކާރު ހިންގާ ނިޒާމަށް މީހުން ބޭނުންވާ އަދަދަށް ބަލަން ޖެހޭ ކަމުގަ އެވެ.
"ސްޕޯޓްސް މިނިސްޓްރީގައި އެކަނި އަޅުގަނޑުމެން ބަލާލިއިރު އެބަހުރި ގާތްގަނޑަަކަށް 125 ސިޔާސީ މުވައްޒަފުން. މުޅި ގައުމުގައި މިތިބީ 1،300 އިންތިހާބީ ކައުންސިލަރުން. ރައީސް މުއިއްޒުގެ ސަރުކާރުގައި 2،000 އަށް ވުރެ ގިނަ ސިޔާސީ މުވައްޒަފުން އެބަތިބި،" ހިސާން ވިދާޅުވި އެވެެ.
ހިސާން ވިދާޅުވީ ހަގީގަތުގައި މަސައްކަތް ކުރަނީ ކައުންސިލްތަކުގެ ސައިޒު ކުޑަކުރަން ނޫން ކަމަށެވެ. ސިފަކުރެއްވީ ރައީސް ނިކުމެވަޑައިގެން ހުންނެވީ ކައުންސިލްތައް ސައިޒުކުރަން ކަމަށެވެ. ވިދާޅުވީ އެއީ އެމްޑީޕީން ގަބޫލުކުރާ ގޮތެއް ނޫން ކަމަށާއި އެކަން އެހެން ކުރުމަށް ޖާގަނުދޭނެ ކަމަށެވެ. https://twitter.com/MDPSecretariat/status/1820504725696962564 ގާނޫނު އަސާސީގެ 115 ވަނަ މާއްދާގެ ދަށުން ރައީސްއަށް ލިބިދޭ ބާރު ދަށުން ސިޔާސީ މަގާމުތަކަށް އައްޔަން ކުރެއްވުނު މީހުންގެ އަދަދު ނޭނގޭ ކަަމަށް ހިސާން ވިދާޅުވި އެވެ. އެ މާއްދާއަކީ ރައީސް ވަރަށް ހިތްޕުޅާވާ މާއްދާއެއް ގޮތަށް އެމާއްދާ ފެންނަ ކަމަށެވެ. އެ މާއްދާއިން އެކަނި މުޅި ގައުމު ހިންގަން މަސައްކަތްކުރަމުންދާ ކަމަށް ސިފަކުރެވޭ ކަމަށް ވިދާޅުވި އެވެ. އެއާ ހިލާފަށް ލާމަރުކަޒީ ބާބު ވެފައި ވަނީ ހިތްޕުޅާ ނުވާ ބާބެއްގެ ގޮތުގައިކަން ޖޭއެސްސީގެ ރައީސްގެ މަގާމުވެސް އަދާކުރެއްވި ހިސާން ފާހަގަކުރެއްވި އެވެ. އެމްޑީޕީގެ ނައިބު ރައީސް ވިދާޅުވީ ގާނޫނު އަސާސީން ތަސައްވަރު ކޮށްފައި ވަނީ ދައުލަތެއް ހިންގުމުގެ ވަކި އޮނިގަނޑެއް އޮންނަ ގޮތަށް ކަމަށެވެ. އެނޫން ގޮތަކަށް ދައުލަތް ހިންގޭނެ ކަމަށް ރައީސްއަށް ގަބޫލުފުޅު ކުރެއްވުމަކީ އެމްޑީޕީގެ ކަންބޮޑުވުމެއްކަން ވެސް ފާހަގަކުރެއްވި އެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް