ޚަބަރު ސިޔާސީ

ދައުލަތުގެ ބަޖެޓު ފޫބެއްދޭ ވަރަށް ޔާމީން އެކައުންޓުގައި ފައިސާ އެބަހުރި: ފަލާހު

މުޙައްމަދު ޢަތީފް ، ދެން އޮންލައިން

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓުގައި، ދައުލަތުގެ ބަޖެޓު ފޫބެއްދޭ ވަރަށް ފައިސާ އެބަހުރި ކަމަށް ބުނެ ޕީއެންސީގެ ޕީޖީ ލީޑަރު، ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ބޮޑު ތުހުމަތެއް މިރޭ ކުރައްވައިފި އެވެ.

Ads by MWSC

ކޮންގްރެސް ޕާޓީން ސިލްސިލާކޮށް ބާއްވަމުން އަންނަ ހަރުގެ ޖަލްސާތަކުގެ ތެރެއިން މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ފަލާހު ވިދާޅުވީ ރައީސް ޑރ މުހައްމަދު މުއިއްޒަށާއި ކެބިނެޓާއި މިނިސްޓްރީތަކުގެ އިތުރުން ކުންފުނިތަކުން ރާއްޖޭގެ އިގުތިސޯދު ކޮޅަށް ޖެހުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ހަގީގަތް އޮޅުވާލަން އިދިކޮޅު ފަރާތްތަކުން ދޮގު ވާހަކަތަކެއް ފަތުރަމުން އަންނަ ކަމަށެވެ.

ތެދު ވާހަކަތަކަށް ވުރެ ހުތުރު ބަހުން ދައްކާ ދޮގު ވާހަކަތައް އާންމުގޮތެއްގައި މީހުންގެ ސިކުނޑިއަށް ވައްދައިދިނުމަކީ ފަސޭހަ ކަމެއްކަން ފާހަގަކޮށް ފަލާހު ވިދާޅުވީ ބޮޑު ސްކްރީން އަޅުވައިގެން ދައްކާ ވާހަކަތަކަކީ މާ މުހިންމު ވާހަކަތަކެއް ނޫން ކަމަށެވެ.

"އަޅުގަނޑުމެންނެއް އެއްވެސް އިރެއްގައި އަޑަށް ބާރުލާފައި ޕޯޑިއަމްތަކެއްގައި ނޯންނާނެ ދައްކާފައެއް ރައީސް ޔާމީނަކީ، އޭރު އެމަނިކުފާނުގެ ސަރުކާރަށް ހިޔާނަތްތެރިވެފައިވާ ހުންނެވި ވެރިއެކޭ،" ފަލާހު ވިދާޅުވި އެވެ.

ބޮޑު ސްކްރީނުން އަޅުވާނަމަ މިއަދު ޔާމީނުގެ ކަނާތްފަރާތުގަ އާއި ވާތްފަރާތުގައި ތިއްބަވާ ބޭފުޅުން ދައްކަވާފައި ހުރި ވާހަކަތައް އަޅުވާފައި ބެހެއްޓީސް ކަމަށް ވިދާޅުވި އެވެ. ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލާއި ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު މަލީހު ޖަމާލު މީގެ ކުރިން ޔާމީނާ ގުޅޭގޮތުން ދައްކަވާފައި ހުރި ވާހަކަތަކަށް އިޝާރަތް ކުރައްވާ ވިދާޅުވި އެވެ. ފަލާހު ވަނީ އެފަދަ ވާހަކަތަކެއް ޔާމީނާ ގުޅޭގޮތުން ރައީސް މުއިއްޒުގެ އަރިހުގައި މިއަދު ތިއްބެވި އެއްވެސް ބޭފުޅަކު ދައްކަވާފައި ނޯންނާނެކަން ފާހަގަކުރައްވާފަ އެވެ.

އެހެން ނަމަވެސް ޖަމީލާއި މަލީހު މީގެކުރިން ދެއްކެވި ވާހަކަތަކާ މެދުގައި ހިތުގައި ޝައްކުތަކެއް ހިނގާ ކަމަށް ވިދާޅުވި އެވެ. އެފަދަ ވާހަކަތަކެއް ދެކެވިފައި ވަނިކޮށް، ޔާމީނުގެ މައްޗަށް ހިންގުނު ބޮޑެތި ޝަރީއަތްތަކުގެ ތެރެއިން އެމަނިކުފާނުގެ ދުލުން އަމިއްލަ އެކައުންޓުގައި ފައިސާ ހުރި ކަމަށް އިއުތިރާފު ވެވަޑައިގެންނެވި ކަމަށެވެ. ޔާމީން ވިދާޅުވެފައި ވަނީ އެކައުންޓުތަކުގައި ހުރީ ކެމްޕެއިނަށް ދިން ފައިސާ ކަމުގަ އެވެ. އެ ވާހަކަތަކާ އެކު ޖަމީލު ކުރިން ދައްކަވާފައިވާ ވާހަކަތަކުގައި ބުރަދަނެއް ހުރި ކަމަށް ގަބޫލު ކުރެއްވުނުކަން ފަލާހު ފާހަގަކުރެއްވި އެވެ.

ފަލާހު ވިދާޅުވި ގޮތުގައި ރައީސްކަން ކުރައްވާފައި ހުރި ބޭފުޅެއްގެ އެކައުންޓުގައި 200 މިލިއަނެއްހާ ރުފިޔާ ހުރުމަކީ ރައްޔިތުން އެކަމާ ދޭތެރޭގައި ވަރަށް ބޮޑަށް ޝައްކު އުފައްދާނެ ކަމެއް ކަމުގަ އެވެ. ގާނޫނާއި ގަވާއިދުތަކުގައިވާ ގޮތުން ޕާޓީއަކަށް ކެމްޕެއިނަށްދޭ ފައިސާ ހުންނަން ވާނީ އެ ޕާޓީއެެއްގެ އެކައުންޓުގައި ކަމުގަ އެވެ. އެޔަކީ އެ ހުންނަ ވެރިއެއްގެ އެކައުންޓަށް ޖަމާވާން ޖެހޭ އެއްޗެއް ނޫން ކަމުގައި ވިދާޅުވި އެވެ.

އަދި ފައިސާ ޖަމާވި އެކައުންޓްތަކަކީ ހަމައެކަނި ޑިޕޮސިޓް ކުރެވޭގޮތަށް ހުންނަ އެކައުންޓްތަކެއް ކަމަށްވެސް ފަލާހު ވިދާޅުވި އެވެ.

"ހައްތާވަނީ ގިނަ، ގިނަވަމުން ވަމުން ގޮސް މިހާރު އަޅުގަނޑުމެންނަށް މައުލޫމާތު ލިބޭ ގޮތުގައި ރައީސް ޔާމީނުގެ އެކައުންޓުގައި އެބަހުރި މި ދައުލަތުގެ އެއް އަހަރުގެ ބަޖެޓު ފޫބައްދާ ވަރަށް ފައިސާ،" ފަލާހު ވިދާޅުވި އެވެ.

އަށާރަ ވަނަ މަޖިލިހުގައި އިނގުރައިދޫ ދާއިރާގެ މެމްބަރުކަން ކުރެއްވި އަދި ޔާމީނާ ވަރަށް އަރިސްކޮށް މަސައްކަތް ކުރެއްވި ފަލާހު ވިދާޅުވީ އެ ސަރުކާރަކަށް ނިސްބަތްވި ސަރުކާރެއްގެ ރައީސެއްގެ ވާހަކަ މިއަދު ދައްކަން ވީމާ ދެރަވާ ކަމަށެވެ. އެފަދަ ވާހަކަތައް ނުދައްކަން އަބަދުވެސް ހިތުގައި އޮންނަ ކަމަށެވެ.

މިއަދު އެ ބޭފުޅުންނަށް ޔާމީން ކަމުނުދަނީ އެމްޑީޕީއާއެކު މަސައްކަތް ކުރާތީ ކަމަށް އޭނާ ވިދާޅުވި އެވެ. ޔާމީން ދައްކަވާ ވާހަަކަ ވެސް ވާންވާނީ ރައްޔިތުން ގަބޫލުކުރެވޭ ވާހަކަތަކަށް ކަަމަށެެވެ. އަދުގެ ސަރުކާރު ވެރިކަމާ ހަވާލުވިތާ ވަރަށް ކުރީކޮޅު ސަރުކާރާ ފެޔަށް ޖެހިވަޑައިގަންނަވަން ޖެހުނު ސަބަބެއް ނޭނގޭ ކަމަށް ފަލާހު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެމްޑީޕީއަށް ވެރިކަން ލިބުނު ނަމަ ހުންނަވާނީ ޖަލުގައި ކަމަށެވެ.

"އެމްޑީޕީގެ ވިސްނުމަކީ ކުރިއަށް އޮތް ދިހަ އަހަރު ދުވަހަށް ވެސް ރައީސް ޔާމީން ޖަލުގައި ބޭއްވުން. އެ ވިސްނުން އެ ބޭފުޅުންނަށް އައި ސަބަބުތަކެއް ވެސް އެބަހުރި،" ފަލާހު ވިދާޅުވި އެވެ.

އެ ސަަބަބުތަކުގެ ތެރޭގައި ވެރިކަން ކުރެއްވި ކުރައްވާފައި ހުރި ކަންކަން ހިމެނޭކަން ފާހަގަކުރެއްވި އެވެ. އެގޮތުން ފާހަގަކުރެވުނު ބައެއް ކަންކަން ހިއްސާ ވެސް ކުރެއްވި އެވެ.

"2014 ވަނަ އަހަރު، އޭރުގައި އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބު ކުރުމަށް ޓަކައި ސައުދީ އަރަބިއްޔާއިން 5 މިލިއަން ޑޮލަރު އޭރު ތިބި މެމްބަރުންގެ ކެމްޕެއިނަށް ދިނޭ،" ފަލާހު ވިދާޅުވި އެވެ.

ވިދާޅުވީ އޭރުގައި ތިއްބެވި މެމްބަރުން އެކަމަށް ހެކިވާނެ ކަމަށެވެ. އެފަދަ ވަރަށް ގިނަ ވާހަަކަތައް އެބޭފުޅުން އަތުގައި ވެސް ހުރިކަން ފާހަގަކުރައްވާ ފަލާހު ވިދާޅުވި އެވެ.

Ads by Ooredoo
  1. ކޮޔާ

    އިންސާނުންގެ ތެރޭގަ ބޮޑާ ކަމާ ކިބުރު ވެރިކަން އަށަ ގަނެއްޖެ ނަމަ އެބަޔަކު ހަލާކުވން ސިކުންތެއްވެސް ނުނަގާނެ

  2. އައުޓް

    އަދުރޭ އައުޓް މުއިއްޒު ބަތާހަރާމީ ބޭރުކުރޭ ރައީސް އޮފީހުން އަދުރޭ އައުޓް މުއިއްޒު ބަތާހަރާމީ ބޭރުކުރޭ ރައީސް އޮފީހުން އަދުރޭ އައުޓް މުއިއްޒު ބަތާހަރާމީ ބޭރުކުރޭ ރައީސް އޮފީހުން އަދުރޭ އައުޓް މުއިއްޒު ބަތާހަރާމީ ބޭރުކުރޭ ރައީސް އޮފީހުން އަދުރޭ އައުޓް މުއިއްޒު ބަތާހަރާމީ ބޭރުކުރޭ ރައީސް އޮފީހުން އަދުރޭ އައުޓް މުއިއްޒު ބަތާހަރާމީ ބޭރުކުރޭ ރައީސް އޮފީހުން އަދުރޭ އައުޓް މުއިއްޒު ބަތާހަރާމީ ބޭރުކުރޭ ރައީސް އޮފީހުން އަދުރޭ އައުޓް މުއިއްޒު ބަތާހަރާމީ ބޭރުކުރޭ ރައީސް އޮފީހުން އަދުރޭ އައުޓް މުއިއްޒު ބަތާހަރާމީ ބޭރުކުރޭ ރައީސް އޮފީހުން އަދުރޭ އައުޓް މުއިއްޒު ބަތާހަރާމީ ބޭރުކުރޭ ރައީސް އޮފީހުން އަދުރޭ އައުޓް މުއިއްޒު ބަތާހަރާމީ ބޭރުކުރޭ ރައީސް އޮފީހުން އަދުރޭ އައުޓް މުއިއްޒު ބަތާހަރާމީ ބޭރުކުރޭ ރައީސް އޮފީހުން