މުނިފޫހިފިލުވުން ދިވެހި ސިނަމާ

އަޝްފާ ވެސް އެކްޓިންގ އަށް! ޑާކްރެއިންގެ "ބީވީމާ" ބަލާލަންވާނެ!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ރާއްޖޭގެ އެންމެ މަޝްހޫރު އަދި އެންމެ ޒަމާންވީ އެއް ޕްރޮޑަކްޝަން ހައުސް ކަމަށްވާ ޑާކްރެއިން އެންޓަޓެއިންމަންޓުގެ އެންމެފަހުގެ އުފެއްދުން ކަމުގައިވާ "ބީވީމާ" ގެ "ފަސްޓްލުކް" މިއަދު ތަޢާރަފް ކޮށްފިއެވެ.

Ads by Hajj Corporation

"ދެން" އަށް މައުލޫމާތު ދެމުން ޑާކްރެއިންގެ ބާނީ މުޙައްމަދު ޢަލީ (މޮގާ) ބުނީ މިއީ ލޯބީގެ ފިލްމެއް ކަމަށާއި ސިނަމާތައް އަލުން ހުޅުވިއްޖެނަމަ އަންނަ އަހަރު ފިލްމު ރިލީޒް ކުރާނެ ކަމަށެވެ.

ފިލްމު މައިގަނޑު ތަރިންނަށް ބަލާއިރު "ބީވީމާ" އަކީ މަޝްހޫރު ލަވަކިޔުންތެރިޔާ މަރިޔަމް އަޝްފާ، ފިލްމީ ދާއިރާއަށް ތަޢާރަފްވާ ފިލްމުވެސް މެއެވެ. އަޝްފާގެ ލަވަތަކަކީ ގިނަ ބަޔަކަށް ނުހަނު މަގުބޫލު ލަވަތަކެކެވެ. އެކްޓިންގެ ދާއިރާއިން ވެސް އޭނާއަކީ ހުނަރުވެރި ފަންނާނަކަށް ވާނެ ކަމަށް ގިނަ މީހުންނަށް ޤަބޫލު ކުރެއެވެ.

Presenting the first look of the main characters of Dark Rain Entertainment's Beeveema- Introducing Ash FaPoster designed by Ahmed Shinan and Abo Shafyu

Posted by Dark Rain Entertainment on Monday, 7 September 2020

އަޝްފާގެ އިތުރުން ދެން މި ފިލްމުގައި މުހިންމު ރޯލުތަކުން ފެނިގެން ދަނީ އަލަށް މިދާއިރާއަށް ތަޢާރަފްވާ އާދަމް ޒިދާން (ނާނަ) އެވެ. އޭނާއަކީ ވެސް ލަވަކިޔުންތެރިއެކެވެ. އޭގެ އިތުރުން ނާނަ އަކީ ޑާކްރެއިންގެ ފިލްމުތަކުން ފެނިފައިވާ އަމާން ގެ ފިރިހެން ކޮއްކޮ ވެސް މެއެވެ.

މިދެތަރިންގެ އިތުރުން ދެން "ބީވީމާ" ފިލްމުން ފެނިގެންދާނީ އައިމިނަތު ރަޝްފާ (އާޝާ) އާއި އިސްމާއިލް ރަޝީދު (ކޮޕީ އިއްސެ) އެވެ.

"ބީވީމާ" ފިލްމުގެ ސްކްރިޕްޓު ލިޔެ، ޑައިރެކްޝަން ހެދީ އަޙުމަދު ޒަރީރެވެ. ފިލްމުގެ ޕްރޮޑިއުސަރުންނަކީ އައިޝަތު ފުއާދު ތައުފީޤް އާއި މޮގާ އެވެ.

މިފިލްމުގެ ސިނަމެޓޮގްރަފީ ހަދައިދީފައިވަނީ އިބްރާހިމް ވިސާން (ކަނޑި)، އެޑިޓިންގ ހަދާފައިވަނީ ޢަލީ ޝިފާއު އާއި ޒަރީރެވެ. ކޮސްޓިއުން ޑިޒައިނިންގ އާއި މޭކަޕް ޙުސެއިން ޝަދްޔާން (ސޭންޑީ) ހަދައި ދީފައިވާއިރު، މިފިލްމުގެ ބެކް މިޔުޒިކް ހަދައި ދީފައިވަނީ ޙުސެއިން ތައުފީޤެވެ.

"ބީވީމާ" ފިލްމުގެ ކެރެކްޓަރ ޕޯސްޓަރސް، ފޮޓޯގްރަފީ އެންޑް ޑިޒައިން ހަދައި ދީފައިވަނީ އަޙުމަދު ޝިނާން އެވެ.

ޑާކްރެއިންގެ އުފެއްދުން ތަކަކީ އަބަދުވެސް ގިނަ ބަޔަކަށް ކަމުގޮސް، ގިނަ މީހުން ނުހަނު އިންތިޒާރުކުރާ ފިލްމު ތަކެކެވެ.

 

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!