ތަޅުމުން ނުފެނުނަސް މަޖިލީހުގެ މަސައްކަތްތައް ކުރިއަށްދޭ، ގިނަ ފަހަރު ގެއަށް ދެވެނީ ރޭގަނޑު: ފަލާހު
ރައްޔިތުންގެ މަޖިލިހުގެ ތަޅުމުގައި ގިނަ މެމްބަރުން ފެންނަން ނުތިބޭތީ ރައްޔިތުން ދެކެނީ މެމްބަރުން ނިދަނީ ކަމަށް ކަމަށާއި ކޮމިޓީތަކުގެ މަސައްކަތްތައް ނިމޭއިރު ތިބެނީ ނިންޖާތާއްޔާ ޖެހިފައި ކޮންގްރެސް ޕާޓީގެ ޕީޖީ ލީޑަރު، އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލިހުގައި ކޮންގްރެސް ޕާޓީގެ ޕާލިމެންޓްރީ ގްރޫޕުން ކުރަމުން އަންނަ މަސައްކަތްތަކާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ފަލާހު ވިދާޅުވީ މީގެކުރިން ދުވަހަކު ވެސް މަޖިލިހުގައި މަސައްކަތް ނުކުރާ މިންވަރަށް ވޭތުވެދިޔަ ދެ މަސް ދުވަހުގެ ތެރޭގައި މަސައްކަތް ކޮށްފައިވާ ކަމަށެވެ.
އެގޮތުން އެތައް ގާނޫނަކަށާއި ގަވާއިދަކަށް އިސްލާހުތަކެއް ގެނެސްފައިވާ ކަމަށެވެ. އަލަށް އެތައް ގާނޫނެއް ފަރުމާކޮށްފައިވާ ކަމަށެވެ. ތަޅުމުގައި މެމްބަރުން ފެންނަން ނުތިބޭތީ ރައްޔިތުންގެ ކަންބޮޑުވުން އޮންނަ ކަމަށް ވިދާޅުވި އެވެ.
"ރައްޔިތުންގެ މަޖިލިހުގައި 19 ކޮމިޓީ އޮވޭ. 19 ކޮމިޓީގައި މަސައްކަތް ކުރަން އެއްފަހަރާ، އެއް ދުވަހަކު މަސައްކަތް ކުރާ ކަމަށް ވަންޏާ ފްލޯގައި ނުތިބޭނެ އެއްވެސް މެމްބަރަކު،" ފަލާހު ވިދާޅުވި އެވެ.
ކޮންމެ ކޮމެޓީއެއްގައި 8 މެމްބަރުންނާއި 11 މެމްބަރުންނާ ދެމެދުގެ އަދަދަކަށް ތިބެ އެވެ. މަޖިލިހުގެ ތަޅުމުގައި ކުރާ މަސައްކަތަކީ ކޮމިޓީތަކުގައި ކުރާ މަސައްކަތަށް ވުރެ މާކުޑަ މަސައްކަތެއް ކަމަށެވެ. ފްލޯގައި ކުރާ މަސައްކަތަކީ އަންނަ ބިލުތަކަށް ދެކޭ ގޮތް ހާމަކުރުންކަން ފާހަގަކުރެއްވި އެވެ. އެއީ އެކަމާ މެދު ދެކޭ ހިޔާލެއް ފާޅުކުރުން އެކަނި ކަމަށެވެ.
އެހެންނަމަވެސް ތަޅުމުން އެކަނި ފެންނަ މަންޒަރަށް ބަލައި އިދިކޮޅު ބައެއް ނޫސްތަކުގައި "މިއަދު ވެސް ރައްޔިތުންގެ މަޖިލިހުގައި ކުރާނެ މަސައްކަތެއް ނެތިގެން މަޖިލިސް މެދުކަނޑާލައިފި" ކަމަށް ލިޔާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ދެން އަޅުގަނޑުމެންގެ ދާއިރާތަކުގެ ރައްޔިތުން ހީކުރަނީ އަޅުގަނޑުމެން މުސާރަ ނަގައިގެން ނިދަނީއޭ މެންދުރުފަހު. އެކަމަކު ހަރާން ރޯވާނެ އަޅުގަނޑުމެންނަށް ގެއަށް ދެވޭނީ ރޭގަނޑު ނުވައެއް ޖަހާއިރު،" ފަލާހު ވިދާޅުވި އެވެ.
ގެޔަށް ދާއިރު މެމްބަރުން ތިބެނީ ނިންޖާތާއްޔާ ޖެހިފައި ކަމަށެެވެ. ކޮމިޓީ މަރުހަލާގައި ކުރާ މަސައްކަތްތަކަކީ ރަސްމީ މަސައްކަތްތަކެއް ކަމުގައި އޭނާ ފާހަގަކުރެއްވި އެވެ.
މަޖިލިހުގެ މެޖީރިޓީ ލީޑަރު ވިދާޅުވި ގޮތުގައި މެމްބަރުންގެ ހާޒިރީއަށް ބަލައިފިނަމަ ވިހިވަނަ މަޖިލިހުގެ މެމްބަރުން ވާނީ މިހާތަނަށް ހާޒިރީއަށް އެންމެ ރަނގަޅު މެމްބަރުން ކަމުގަ އެވެ. އެކަން އެހެންވާން މެދުވެރިވީ މެމްބަރުން އިންތިހާބުވުމާ ގުޅިގެން ބޭއްވި ބައްދަލުވުމުގައި ނަމޫނާ މަޖިލިހަކަށް މި މަޖިލިސް ވާން ޖެހޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ވިދާޅުވުން ކަމަށެވެ.
ނަމޫނާ މަޖިލިހަކަށް ވުމަށް އެންމެ މުހިންމު ކަމަކީ ގަޑިއަށް މަޖިލިހަށް ހާޒިރުވުން ކަމަށް އެ ބައްދަލުވުމުގައި ރައީސް ފާހަަގަކުރެއްވި ކަމަށެެވެ. ބަލި ހާލަތު ހުންނަ ގޮތުން ނުވަތަ އާއިލީ ސަބަބަކާ ހުރެ މެނުވީ ކޮންގްރެސް ޕާޓީގެ ޕީޖީއަށް ނިސްބަތްވާ އެއްވެސް މެމްބަރަކު މަޖިލިހަށް ހާޒިރުނުވެ ނުތިބުމަށް ރައީސް އިލްތިމާސް ކުރެއްވި އެވެ.
ވެރިކަން ކުރާ މައި ޕާޓީން ސިލްސިލާކޮށް ބާއްވަމުން އަންނަ ހަރުގެ ޖަލްސާތަކުގެ ތެރެއިން މިރޭ ބޭއްވި ޖަލްސާގައި ފަލާހު ވިދާޅުވި ގޮތުގައި މަޖިލިހުގައި ކުރާ މަސައްކަތްތަަކަކީ ކަމަކަށް ކަމެއް ކުރުމުގެ ނިޔަތުގައި ކުރަމުން އަންނަ މަސައްކަތެއް ނޫން ކަމުގަ އެވެ.
"ރައްޔިތުންނަށް ވަރަށް އިހުލާސްތެރިކަމާއި ތެދުވެރިކަމާ އެއްކޮށް ކޮށްދޭ މަސައްކަތްތަކެއް އަޅުގަނޑުމެން ކުރަމުން މި ދަނީ،" ފަލާހު ފާހަގަކުރެއްވި އެވެ.
ނިމިދިޔަ ނަވާރަ ވަނަ މަޖިލިހުން މަސައްކަތް ކޮށްފައިވާ ގޮތަށް އަލިއަޅުއްވާލައްވާ ވިދާޅުވީ އޭރު ގާނޫނުތަކާއި ގަވާއިދުތައް ހަދާފައި ހުރީ ވަކިވަކި ފަރުދުންނަށް ބިނާކޮށް، ވައްކަން ކުރަން ވެގެން ކަމަށެވެ. ވަކި ކުންފުންޏަކަށް ބިޑެއް ދިނުމަށް ގާނޫނެއް ފާސްކުރަން ރޭގަނޑު މެންދަމު ކުއްލިއަކަށް މަޖިލިހުގެ ޖަލްސާއެއް ބާއްވަފާނެ ކަމަށެވެ.
ފަލާހު ވިދާޅުވީ ރައީސް މުއިއްޒު، ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާ ކުރެއްވުމަށްފަހު ހިނގަމުންދާ މަޖިލިސް އިންތިހާބު ވަންދެން އުޅެން ޖެހުނީ ވަރަށް ހާލުގައި ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ އާއި އެމަނިކުފާނުގެ ނައިބު މަގާމުން ވަކި ކުރުމަށް ދުވަހަކު ވެސް މަޖިލިހުގެ މެޖޯރިޓީ އޮވެގެން މަސައްކަތް ނުކުރާ ވަރަށް ނަވާރަ ވަނަ މަޖިލިހުން އެ މަސައްކަތް ކުރި ކަމަށެވެ.
"ކޮންމެ ރެއަކު ނިދަން އޮންނައިރު ހިތަށް އަރާ މާދަމާ ރައީސްގެ އިތުބާރު ނެތް ކަމުގެ ވޯޓު ނަގާނޭ. އެ ދަރަޖައަށް ދުއްވާލާ،" ފަލާހު ވިދާޅުވި އެވެ.
ސުޕްރީމް ކޯޓަކީ ފަހު ބަސް ބުނާ ކޯޓަށްވާއިރު، އެ ކޯޓުން އަމުރު ނެރެމުންދިޔައިރު ވެސް މަޖިލިހުން ނިންމުންތައް ނިންމަމުން ދިޔަކަން ފަލާހުގެ ވާހަކައިގައި ފާހަގަކުރެއްވި އެވެ.
އަދުރޭ އައުޓް އިންޑިއާ އައުޓް އަދުރޭ އައުޓް އިންޑިއާ އައުޓް އަދުރޭ އައުޓް އިންޑިއާ އައުޓް އަދުރޭ އައުޓް އިންޑިއާ އައުޓް އަދުރޭ އައުޓް އިންޑިއާ އައުޓް އަދުރޭ އައުޓް އިންޑިއާ އައުޓް އަދުރޭ އައުޓް އިންޑިއާ އައުޓް އަދުރޭ އައުޓް އިންޑިއާ އައުޓް އަދުރޭ އައުޓް އިންޑިއާ އައުޓް އަދުރޭ އައުޓް އިންޑިއާ އައުޓް އަދުރޭ އައުޓް އިންޑިއާ އައުޓް އަދުރޭ އައުޓް އިންޑިއާ އައުޓް އަދުރޭ އައުޓް އިންޑިއާ އައުޓް އަދުރޭ އައުޓް އިންޑިއާ އައުޓް އަދުރޭ އައުޓް އިންޑިއާ އައުޓް އަދުރޭ އައުޓް އިންޑިއާ އައުޓް އަދުރޭ އައުޓް އިންޑިއާ އައުޓް އަދުރޭ އައުޓް އިންޑިއާ އައުޓް އަދުރޭ އައުޓް އިންޑިއާ އައުޓް އަދުރޭ އައުޓް އިންޑިއާ އައުޓް އަދުރޭ އައުޓް އިންޑިއާ އައުޓް