Tuesday, 3 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ލައިސަންސް ނެތި އިންޝުއަރެންސްގެ ހިދުމަތް ދޭނަމަ 5 މިލިއަނާ ހަމައަށް ޖޫރިމަނާކުރާ ބިލު ފާސްކޮށްފި 

ލައިސަންސް ނެތި އިންޝުއަރެންސްގެ ހިދުމަތް ދޭނަމަ 5 މިލިއަނާ ހަމައަށް ޖޫރިމަނާކުރާ ބިލު ފާސްކޮށްފި 
ލައިސަންސް ނެތި އިންޝުއަރެންސްގެ ހިދުމަތް ދޭ ނަމަ 5 މިލިއަނާ ހަމައަށް ޖޫރިމަނާކުރެވޭނެ ގޮތަށް އިންޝުއަރެންސް ބިލު މާލިއްޔަތު ކޮމިޓީއަށް ފޮނުވަން ފާސްކޮށްފި އެވެ. މިއަދުގެ މަޖިލީހުގައި ޖަލްސާގައި އެ ބިލް ފާސްކުރުމަށް ނެގި ވޯޓުގައި ބައިވެރިވި 77 މެންބަރުންގެ އިއްތިފާގުންނެވެ. މި ބިލަކީ ސަރުކާރުގެ ފަރާތުން މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު (ޓޮމް) ހުށަހެޅުއްވި ބިލެކެވެ. ޓޮމް ހުށަހެޅުއްވި އެ ބިލުގައި ބުނެފައިވަނީ ސަރުކާރުން ބިލު ހުށަހެޅުމުގެ ބޭނުމަކީ ރާއްޖޭގައި ހަރުދަނާ އަދި ރައްކާތެރި ގޮތެއްގައި އިންޝުއަރެންސް ވިޔަފާރި ހިންގުމަށްޓަކައި އަމަލުކުރަންޖެހޭ އުސޫލުތައް ކަނޑައެޅުމަށް ކަމަށެވެ. އިންޝުއަރެންސް ކުންފުނިތަކާއި އިންޝުއަރެންސް އިންޓިމީޑިއަރީންގެ ގޮތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ލައިސަންސް ދިނުމާގުޅޭ އުސޫލުތަކާ އެ ފަރާތްތައް ރެގިއުލޭޓްކޮށް ސުޕަވައިޒްކުރުމާ ގުޅޭ އުސޫލުތަކާ އެ ނޫންވެސް އިންޝުއަރެންސް ވިޔަފާރިއާ ގުޅޭ އުސޫލުތައް ކަނޑައެޅުމަށް ބޭނުންވާ ގާނޫނީ އޮނިގަނޑު ގާއިމުކުރުން ވެސް ތޯރިގުގެ ހުށަހެޅުމުގައިވެ އެވެ. އެ ގާނޫނުގައި ބުނެފައިވާ ގޮތުން ލައިސަންސް ނެތި އިންޝުއަރެންސްގެ ހިދުމަތްދޭ ނަމަ އެއް ލައްކައާއި ފަސް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމުގެ އިހްތިޔާރު މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް ލިބިގެންވާނެ އެވެ.

ރާއްޖޭގައި އިންޝުއަރެންސްގެ ހިދުމަތް ދިނުމަށް 5 ކުންފުންޏަކަށާއި 10 ބްރޯކަރުންނާއި 60 އެޖެންޓުންނަށް ހުއްދަ ދީފައިވެ އެވެ. މި ބިލުގެ ބަހުސްގައި އިންޝުއަރެންސްގެ ގާނޫނެއް ނެތުމަކީ އުނިކަމެއްގެ ގޮތުގައި  މެންބަރުން ފާހަގަކުރެއްވި އެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް