Wednesday, 4 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ރަށްރަށުގައި ފެނަކައިން ހިންގަމުންދާ ހުރިހާ މަޝްރޫއުތައް އެމްޑަބްލިޔުއެސްއީ އަށް ދެނީ

ރަށްރަށުގައި ފެނަކައިން ހިންގަމުންދާ ހުރިހާ މަޝްރޫއުތައް އެމްޑަބްލިޔުއެސްއީ އަށް ދެނީ
ރަށްރަށުގައި ހިންގާ ފެނަކައިން ހިންގަމުންދާ ހުރިހާ މަޝްރޫއެއް ފެން ކުންފުނި، އެމްޑަބްލިޔުއެސްސީއަށް ހަވާލުކުރަން ނިންމާފައިވާ ކަމަށް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ.އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެ އެވެ. މިނިސްޓަރު އެހެން ވިދާޅުވީ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފު ޒާކިރު (މަޓޭ) ކުރި ސުވާލަކަށް ޖަވާބުގަ އެވެ. މައުރޫފް ކުރެއްވި ސުވާލަކީ ކޮންސްޓްރަކްޝަން މިނިސްޓްރީގެ ބެލުމުގެ ދަށުން ކުރީގެ ސަރުކާރުން ބ. ދޮންފަނުގައި ފަށާފައިވާ ފެނާއި ނަރުދަމާގެ މަސައްކަތުގެ އާރްއޯ ޕްލާންޓް, އެޑްމިން ބިލްޑިން އަދި ޕަމްޕް ސްޓޭޝަންތަކުގެ މަސައްކަތް ހުއްޓިފައިވަނީ ކީއްވެގެންތޯ އާއި އަދި މަސައްކަތް ފެށި ރައްޔިތުންނަށް ހިދުމަތްދެވޭނީ ކޮންދުވަހަކުންތޯ އެވެ. އެއަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ ދޮންފަނުގައި ފަށާފައިވާ ފެނާއި ނަރުދަމާގެ މަސައްކަތުގެ އާރްއޯ ޕްލާންޓް, އެޑްމިން ބިލްޑިން އަދި ޕަމްޕް ސްޓޭޝަންތަކުގެ މަސައްކަތް ހުއްޓިފައިވަނީ 2023 ވަނަ އަހަރުގެ ޖުލައި މަހުން ފެށިގެންކަމަށެވެ. އަދި މަސައްކަތްތައް ލަސްވެ ކުރިއަށް ނުގޮސް ގިނަ ދުވަސްވެފައިވާ ކަމަށެވެ. އެހެންވެ މަޝްރޫއުގެ މަސައްކަތް ނިމޭނެ ކަމުގެ އެއްވެސް ޔަގީންކަމެއް ނެތުމުން މި އަހަރު ޖޫން ގައި ވަނީ ފެނަކައާ އެކު ވެފައިވާ އެއްބަސްވުން ބާތިލްކޮށްފައި ކަމަށެވެ.
"ފެނަކައަކީ މިކަހަލަ ޕްރޮޖެކްޓް ހިންގާ ކޮންޓެރެކްޓަކަށް ނުވާތީއާ، ހިދުމަތް ފޯރުކޮށްދޭ ސާވިސް ޕްރޮޑާއަކަށްވާތީ ސަރުކާރުން ނިންމީ އެގޮތައް ފެނަކައާ ހަވާލުކޮށްފައިވާ ހުރިހާ މަޝްރޫއުއެއް ބާތިލްކުރުމަށްފަހު އެމްޑަބްލިޔުއެސްސީއާ ވާހަކަ ދައްކައިގެން ޑައިރެކްޓް ނެގޯސިއޭޝަންގެ ތެރެއިން މަޝްރޫއު ހަވާލުކުރަން"
މީގެ އިތުރުން މުއްތޮލިބު ވިދާޅުވީ މި މަސްތެރޭގައި އެވޯޑް ކުރެވި، ކޮންޓްރެކްޓް ހަވާލުކުރެވޭނެ ކަމަށެވެ. އަދި ޓެންޑާ ބޯޑާއެކު މަޝްވަރާ ކުރެވެމުންދާ ކަމަށާއި، އެވޯޑް ކުރެވުނުހާ އަވަހަށް ސޮއިކޮށްގެން މަސައްކަތް ފެށުމުގެ ކަންތައްތައް ކުރިއަށް ގެންދާނެކަމަށްވެސް މުއްތަލިބު ވިދާޅުވި އެވެ. އަދި މަސައްކަތް ނިންމުމަށް 720 ދުވަސް ދީފައިވާ ކަމަށެވެ. ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މުއްތަލިބު ވިދާޅުވީ ފެނަކަ އާ ހަވާލުކޮށްފައިވާ 20 ރަށުގެ މަސައްކަތަށް އެއް ބިލިއަން ހަރަދުވާނެ ކަމަށެވެ. އަދި އެއް ބިލިއަން ހަރަދުވާނެކަމަށް ލަފާކޮށްފައިވަނީ އެމްޑަބްލިއުއެސްސީ އިން ހުށަހަޅާފައިވާ އަންދާޒާ ތަކަށް ބެލުމަށް ފަހުގައި ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ. އެއީ 20 ރަށުގެ މަސައްކަތް އެއް ޕްރޮޖެކެޓްގެ ގޮތުގައި ކުރިއަށް ގެންދާ ގޮތައްކަމަށްވެސް މިނިސްޓަރު ފާހަގަކުރި އެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް