Tuesday, 3 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

މަޖިލީހުގެ މި ދައުރު ދަންމާލައިފި

މަޖިލީހުގެ މި ދައުރު ދަންމާލައިފި

މިހާރު ކުރިއަށްދާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރު މި މަހުގެ 26 ވަނަ ދުވަހަށް ދައްމާލަން ފާސްކޮށްފި އެވެ.

މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ރިޔާސަތުގައި ހުންނެވި އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ މަޖިލީހުގެ މި ދައުރުގެ މުއްދަތު ހިނގާނީ އޮގަސްޓް 15 ގެ ނިޔަލަށް ކަމަށް ގަވައިދުގައި ބުނާ ކަމަށެވެ.

އެހެން ނަމަވެސް މަޖިލީހުގައި މިވަގުތު ކޮންމެހެން ނިންމަންޖެހޭ މުހިންމު މަސައްކަތްތަކެއް ހުރުމުން މި ދައުރު މި މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ދަންމާލަން ނިންމާފައިވާ ކަމަށެވެ.

Advertisement
Ooredoo — Truecaller (box)

އެގޮތަށް ނިންމަން ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 80 މެންބަރުންގެ އިއްތިފާގުންނެވެ.

މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން މަޖިލީހުގެ ފުރަތަމަ ދައުރަކީ ފެބްރުއަރީ 1 އިން ފެށިގެން މޭ މަހުގެ 15 އަށެވެ. އަދި ދެވަނަ ދައުރަކީ ޖޫން 1 އިން ފެށިގެން އޮގަސްޓް 15 އަށެވެ.

އޭގެ އިތުރުން މަޖިލީހުގެ ތިންވަނަ ދައުރަކީ އޮކްޓޯބަރު 1 އިން ފެށިގެން ނޮވެބަރު ނިޔަލަށް ކަމަށް ވެސް އެ ގަވާއިދުގައި ބުނެ އެވެ.

 

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް