Tuesday, 3 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ތިނަދޫ ހޮސްޕިޓަލްގެ ސީއީއޯ އަށް އަޝްރަފް ހަމަޖައްސައިފި

ތިނަދޫ ހޮސްޕިޓަލްގެ ސީއީއޯ އަށް އަޝްރަފް ހަމަޖައްސައިފި

ހަ ހާއެއްހާ މީހުންގެ އާބާދީ އެއް އޮންނަ ތިނަދޫ ސިޓީގައި ހުންނަ ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ ޗީފް އެކްޒެކްޓިވް އޮފިސަރު (ސީއީއޯ) ގެ މަގާމަށް އަހުމަދު އަޝްރަފް ހަމަޖައްސައިފި އެވެ.

ސީއީއޯގެ މަގާމަށް އަޝްރަފް ހަމަޖެއްސިކަން ހާމަކޮށް އެ އެ ހޮސްޕިޓަލުން ފޭސްބުކް ގައި ކުރި ޕޯސްޓެއްގައި ބުނީ އަޝްރަފްގެ ތަޖުރިބާގެ ސަބަބުން އެ ހޮސްޕިޓަލުގައި މަސައްކަތް ކުރަމުންދާ ސިއްހީ ހިދުމަތް ފޯރުކޮށްދޭ ޓީމުގެ އުފެއްދުންތެރިކަމާއި މަސައްކަތްތެރިކަން ވަރަށް ބޮޑަށް އިތުރުވެގެންދާނެ ކަމަށް އުންމީދުކުރާ ކަމަށެވެ.

އަދި އަޝްރަފްގެ ލީޑާޝިޕްގެ ހެޔޮ އަސަރު ކުރާނެ ކަމަށް އުއްމީދުކުރާ ކަމަށް ވެސް ހޮސްޕިޓަލުގެ ޕޯސްޓުގައި ބުންޏެވެ.

Advertisement
Allied — Dhen Online (box)

ސީއީއޯ ކަމަށް ހަމަޖެއްސި އަޝްރަފް ވަނީ އޭނާއަށް ވިދާޅުވި ހޫނު މަރުހަބާއާއި ތަހުނިޔާއަށް ޝުކުުރު އަދާކުރައްވާފަ ފޭސްބުކްގައި ޕޯސްޓެއް ކުރައްވާފަ އެވެ.

ކުރެއްވި އިތުބާރަށްޓަކައި ޝުކުރު އަދާކުރައްވާ އަޝްރަފް ވިދާޅުވީ ކުރިއަށް އޮތް 'ދަތުރާ' މެދު ވަރަށް ބޮޑަށް އުފާކުރައްވާ ކަމަށެވެ.

އަޝްރަފް ވިދާޅުވީ އެންމެން ގުޅިގެން މަސައްކަތް ކުރާނީ ބަލިމީހުންނަށް ފުރިހަމައަށް އަޅާލާ, ރަނގަޅު އަދި އޯގާތެރި މާހައުލެއް ގާއިމު ކުރުމަށް ކަމަށެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް