ޚަބަރު

ކުނި އުފުލަން މާލޭ ކައުންސިލަށް 10 އުޅަނދު ހޯދަނީ 

ޢާއިޝަތު ނުހާ ، ދެން އޮންލައިން
ކައުންސިލް މުވައްޒަފުންތަކެއް ކުނި ނަގަނީ

ކުނި އުފުލުމަށް ބޭނުންކުރުމަށް މާލެ ސިޓީ ކައުންސިލަށް 5 ލޮރީއާއި ޕިކަޕެއް ހޯދަން ކަމަށް އެ ކައުންސިލުން އިއުލާނުކޮށްފި އެވެ.

Ads by Sosun Fihaara

އެ ކައުންސިލުން ބުރާސްފަތި ދުވަހު ސަރުކާރު ގެޒެޓުގައި ކުރި އިއުލާނުގައި ބޭނުންވާ އަދަދާއި ސައިޒުވެސް ބަޔާންކޮށްފައިވެ އެވެ.

އެގޮތުން މާލެ ސިޓީ ކައުންސިލަށް ހޯދަމުންދަނީ:

  • 02 ޑަމްޕް ލޮރީ (2 ޓަން)
  • 03 ޑަމްޕް ލޮރީ (1.5 ޓަން)
  • 05 ޑަމްޕް ކުދި ޕިކަޕް (350 ކިލޯގްރާމް)

މސިޓީ ކައުންސިލުން ބުނީ އެ އިއުލާނުގައި ބުނެފައިވާ ލޮރީ ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާ ކަމަށެވެ.

އެ ފުރުސަތު ހުޅުވާލާފައިވަނީ އެ މަސައްތަކަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 28 ވާ ބުރާފަތި ދުވަހުގެ ހެނދުނު 11 ޖެހުމުގެ ނިޔަލަށެވެ.

ކައުންސިލުން ބުނީ އަންދާސީ ހިސާބު ހުށަހަޅާނީ ހ. ހުޅުގަލި, 1 ވަނަ ފަނގިލާގައި ހުންނަ އެ ކައުންސިލްގެ އިދާރާގެ އެޑްމިން ސެކްޝަން ނުވަތަ މީޓިން ރޫމަށް ކަމަށެވެ. އަދި އަންދާސީ ހިސާބު ހުށަހަޅާނީ ބަންދުކޮށްފައިވާ ސިޓީ އުރައެއްގައި ހުށަހެޅި ފަރާތުގެ ނަމާއި އިއުލާން ނަންބަރު އެނގޭނެހެން ބަޔާންކުރުމަށް ފަހު ކަމަށް ސިޓީ ކައުންސިލުން ބުނެ އެވެ.

ކޮންމެ އެއްޗެއްގެ އަގު ހުށަހަޅާނީ ވަކިވަކިން ކަމަށާއި ބޭނުންވާ ކެޓަގަރީއަކަށް އަގު ހުށަހެޅޭނެ ކަމަށް ކައުންސިލުން ބުންޏެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!