Wednesday, 4 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ގެއަކަށް ވަދެ މީހެއް ގައިގައި ކަޓަރު އަޅައި، ފޭރިގަނެފި

ގެއަކަށް ވަދެ މީހެއް ގައިގައި ކަޓަރު އަޅައި، ފޭރިގަނެފި

ހުޅުމާލޭ ފޭސް އެކެއްގައި ހުންނަ ގެއަކަށް ވަދެ އަންހެނެއް ގައިގައި ކަޓަރު އަޅައި, ފައިސާ ފޭރިގަނެފި އެވެ.

މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ، އެކަމެއް ހިނގީ ރޭ ފަތިހުގެ ވަގުތެއްގައި ކަމަށެވެ. ހަމަލާދީފައިވަނީ ސްޕާއެއްގައި މަސައްކަތްކުރާ ބިދޭސީ އަންހެނަކަށް ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލަ ފުލުސް އޮފީހަށް ރިޕޯޓްކޮށްފަ އެއް ނުވެ އެވެ. ފުލުހުންގެ ސަމާލުކަމަށް މައްސަލަ ގެނައި ފޭސްބުކްގައި މީހަކު އާއްމުކޮށްފައިވާ ޕޯސްޓެއް މެދުވެރިކޮށް ނޫސްވެރިއެކެވެ.

Advertisement
Ooredoo — Truecaller (box)

އެ ޕޯސްޓު އާއްމުކުރި މީހާ ވަނީ ބިދޭސީ މީހާ އަށް ލިބިފައިވާ ޒަހަމްތަކުގެ ފޮޓޯތައް ހިއްސާކޮށްފަ އެވެ. އަދި މައްސަލާގައި ތުހުމަތު ކުރެވޭ ފިރިހެނެއްގެ ފޮޓޯވެސް އެ ޕޯސްޓުގައި ހިއްސާކޮށްފައިވެ އެވެ.

އެ މައްސަލާގައި އަދި މިހާތަނަށް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށް ފުލުހުން ބުންޏެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް