Wednesday, 4 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ގަވާއިދާ ހިލާފަށް އުޅެމުން އައި 22 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

ގަވާއިދާ ހިލާފަށް އުޅެމުން އައި 22 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުންދާ 22 ބިދޭސީއަކު މޯލްޑިވްސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

އިމިގްރޭޝަންގެ އިން 'އެކްސް' ގައި މިއަދު ކުރި ޕޯސްޓެއްގައި ބުނީ، އެ މީހުންނަކީ މާލޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނާ ގުޅޭ ގޮތުން "އިމިގްރޭޝަން ވޮޗް" އަށް ލިބުނު މައުލޫމާތާ ގުޅިގެން އިއްޔެ ހެނދުނު ހިންގި ރެއިޑު އޮޕަރޭޝަންގައި އެ އިދާރާގެ ބެލުމުގެ ދަށަށް ގެންދިޔަ މީހުން ކަމަށެވެ.

އޭގެ ތެރެއިން 14 މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ގ.ހީނާމާގެ ޕާކިން ސަރަހައްދުންނެވެ. އަދި 8 ބިދޭސީއަކު ގެންގޮސްފައިވަނީ މާފަންނު ސަރަހައްދުގައި ބިދޭސީން ދިރިއުޅޭ އެކޮމޮޑޭޝަނަކުން ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

Advertisement
HDC — Sidebar (box)

އެ އެންމެންނަކީވެސް ރާއްޖޭގައި މަސައްކަތް ކުރުމުގެ ހުއްދަ ނެތް ބިދޭސީން ކަމަށް އިމިގްރޭޝަނުން ބުންޏެވެ. އެ މީހުންގެ ވަނަވަރެއް އިމިގްރޭޝަނުން ހާމައެއް ނުކުރެ އެވެ.

https://twitter.com/ImmigrationMV/status/1825008282689585175

މިގޮތަށް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދާ ބިދޭސީން ޑީޕޯޓްކޮށްލަ އެވެ. އެއްވެސް ލިޔެކިޔުމެއް ނެތި ރާއްޖޭގައި ދިރިއުޅޭ ބިދޭސީން ހޯދަން އިމިގްރޭޝަނާ ފުލުހުން ގުޅިގެން ހިންގާ އޮޕަރޭޝަން ވަނީ ވަރަށް ބޮޑަށް ފުޅާކޮށްފަ އެވެ.

އިމިގްރޭޝަނުން އެންމެ ފަހުން ހިއްސާކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު އިމިގްރޭޝަން ވޮޗް"އަށް ހޯމަ ދުވަހާ ހަމަޔަށް 290 މައްސަލައެއް ރިޕޯޓް ކޮށްފައިވެ އެވެ. އޭގެ ތެރެއިން 139 މައްސަލައެއް އިމިގްރޭޝަނުން ތަހުގީގުކުރަމުން އަންނައިރު، އިމިގްރޭޝަނުން އަންނަނީ 146 މައްސަލައިގެ މައުލޫމާތު ސައްހަކަން ކަށަވަރުކުރުމުގެ މަސައްކަތް ކުރަމުންނެވެ.

މިދިޔަ މަހުގެ 17 ވަނަ ދުވަހު ހުޅުވާލި މި ޕްލެޓްފޯމުން ކޮންމެ ފަރާތަަކަށްވެސް ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީއެއްގެ މައްސަލަ ރިޕޯޓް ކުރެވިދާނެއެވެ. ނޫނީ ރާއްޖެއަށް ވަގަށް އެތެރެވާން މަސައްކަތްކުރާ ބިދޭސީއެއްގެ މައުލޫމާތުވެސް ހިއްސާ ކުރެވޭނެ އެވެ.

މީގެ އިތުރުން އަމިއްލަ އައިޑެންޓިޓީ ހާމަނުކޮށް، "އެނޮނިމަސް" ކޮށްވެސް 24 ގަޑީއިރު ރިޕޯޓް ކުރުމުގެ ފުރުސަތު އޮންނައިރު، މައުލޫމާތާ ފޮޓޯވެސް މި ޕްލެޓްފޯމް މެދުވެރިކޮށް ހުށަހެޅޭނެ އެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް