Sunday, 1 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ކޮލަމާފުށިން މާވަހަރު ކަމަށް ބެލެވޭ ދެ އެއްޗެއް ހޮވައިފި

ކޮލަމާފުށިން މާވަހަރު ކަމަށް ބެލެވޭ ދެ އެއްޗެއް ހޮވައިފި
ގއ. ކޮލަމާފުށިން މާވަހަރު ކަމަށް ބެލެވޭ ދެ އެއްޗެއް ހޮވައިފި އެވެ. ކޮލަމާފުށީ ކައުންސިލުގެ މެންބަރު ރިޔާޒު ހުސައިން "ދެން އޮންލައިން" އަށް ވިދާޅުވީ މާވަހަރެއް ކަމަށް ބެލެވޭ ތިން ކިލޯގެ އާއި ދޮޅު ކިލޯގެ ދެ އެއްޗެއް ފެނިފައިވަނީ ގޮނޑު ދޮށުގައި މަސް ބާނަން އުޅުނު ބަޔަކަށް ކަމަށެވެ. ރިޔާޒު ވިދާޅުވީ ފެނުނު ދެ އެއްޗަކީ އަސްލު މާވަހަރުތަކެއްތޯ ޔަގީންކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
"އެ ދެއެއްޗެއް ހޯދައިގެން އުޅެނީ. އެއީ ތިން ކިލޯގެ އަނެކަކު ދޮޅު ކިލޯގެ އެއްޗެއް."
ދޭތެރެއަކުން ރާއްޖޭގެ އެކި ސަރަހައްދުތަކުން މާވަހަރު ފެންނަމުންދާއިރު އެއީ ސެންޓު ހެދުމަށް ބޭނުންކުރާ ވަރަށް އަގު ބޮޑު އެއްޗެކެވެ. ރާއްޖޭގެ ބާޒާރުގައި މާވަހަރެއް ގްރާމުގެ އަގު އުޅެނީ ގާތްގަނޑަކަށް 35 އެމެރިކާ ޑޮލަރުގަ އެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް