Wednesday, 4 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

އަންނަ އަހަރުގެ އެކްސްޕޯގައި ބައިވެރިކުރާ އާ އީޖާދުތަކަށް މާލީ އެހީ ދެނީ

އަންނަ އަހަރުގެ އެކްސްޕޯގައި ބައިވެރިކުރާ އާ އީޖާދުތަކަށް މާލީ އެހީ ދެނީ

އަންނަ އަހަރުގެ މޯލްޑިވްސް އެކްސްޕޯ ނުވަތަ ދިވެހި އުފެއްދުންތެރިކަމުގެ މައުރަޒުގައި ބައިވެރިކުރާ އާ އީޖާދުތަކަށް ރިސާޗު ގްރާންޓް ފަންޑުން މާލީ އެހީ ދިނުމަށް ނިންމައިފި އެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ, އެ މައުރަޒުގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން އާ އީޖާދުތައް ގެނެސްދޭ ފަރާތްތަކަށް ރިސާޗު ގްރާންޓް ފަންޑުން އެހީތެރިކަން ފޯރުކޮށްދޭނީ ކަނޑައެޅޭ އުސޫލެއްގެ ތެރެއިން ކަމަށެވެ.

އަންނަ އަހަރުގެ އެކްސްޕޯގެ މައުލޫމާތު ހާމަކޮށް އެ މިނިސްޓްރީން ނެރުނު ބަޔާނުގައިވާ ގޮތުން އަންނަ އަހަރުގެ މައުރަޒުގައި ވިޔަފާރިތައް ބައިވެރިކުރާނެ ގޮތުގެ އުސޫލާއި މައުރަޒު ބާއްވާނެ ތަނާއި ތާރީހު ވެސް ވަނީ ކަނޑައަޅައިފަ އެވެ. އަދި ވަރަށް އަވަހަށް މައުރަޒުގައި ބައިވެރިވާން ހުޅުވާލާނެ ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.

Advertisement
Ooredoo — Square (box)

އަންނަ އަހަރުގެ މައުރަޒު ބޭއްވުމަށް ހަމަޖެހިފައިވަނީ މެއި 23, 2025 އިން ފެށިގެން މެއި 31, 2025 ގެ ނިޔަލަށް ހުޅުމާލޭގަ އެވެ.

އެ މައުރަޒުގެ ވާދަކުރުމުގެ ބައިގައި އަމިއްލަ ފަރުދުންނާއި، ރަޖިސްޓްރީކޮށްފައިވާ ކުންފުނިތަކާއި ވިޔަފާރިތަކުގެ އިތުރުން ރަށްރަށާއި ސިޓީތަކާއި ތައުލީމީ ހިދުމަތް ފޯރުކޮށްދޭ މަރުކަޒުތަކާއި، ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ވެސް ބައިވެރިވެވޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ.

މި މައުރަޒުގައި 81 ގިންތިއަކުން ވާދަކުރުމަށް ހުޅުވާލަން ކަނޑައަޅައި އޭގެ ތަފްސީލުތައް ލިޔެފައިވާ 40 ސަފުހާގެ <a href="https://www.gazette.gov.mv/iulaan/304343">އުސޫލެއް</a> ވެސް ވަނީ މިނިސްޓްރީން ގެޒެޓްކޮށްފަ އެވެ.

ވާދަކުރުމުގެ ގިންތިތަކުގެ އިތުރުން ވެސް އުފެއްދުންތެރިކަމަށް ހިތްވަރު ދިނުމުގެ ގޮތުން އުފެއްދުންތައް ބައިވެރިކުރާނެ ޑިސްޓްރިކްޓްތަކެއް ވެސް ވަނީ ކަނޑައަޅައިފަ އެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް