Wednesday, 4 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ކެއްސާތީ ބޭނުންކުރާ ބޭހެއް ރާއްޖޭގަ މަނާކޮށްފި 

ކެއްސާތީ ބޭނުންކުރާ ބޭހެއް ރާއްޖޭގަ މަނާކޮށްފި 

ކެއްސާތީ ބޭނުންކުރާ ބޭހެއް ކަަމަށްވާ, ކޮފްސީ ސިރަޕް ރާއްޖޭގައި މަނާކޮށްފި އެވެ.

އެ ބޭސް މަނާކުރިކަން ހާމަކުރީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މިއަދު ނެރުނު ބަޔާނެއްގަ އެވެ.

ބޭހުގެ ފޮޓޯ ހިއްސާކޮށް އެމްއެފްޑީއޭއިން ބުނީ ކޮފްސީ ސިރަޕްގެ 100 މިލިލީޓަރުގައި ކުނޑި ކޮޅު ކޮޅުތަކެއް ހުންނަކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

Advertisement
Allied — Dhen Online (box)

އަދި އެ ބޭހުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި އެ ކަންތައް އިތުރަށް ބެލުމުގެ މަަސައްކަތް ކުރަމުންދާ ކަމަށް އެމްއެފްޑީއޭއިން ބުނެ އެވެ.

އެމްއެފްޑީއޭއިން ބުނީ އެ މައްސަލަ ބެލުމަށްފަހު ވަކި ގޮތެއް އަންގަންދެން އެ ބާވަތް ރާއްޖެ އެތެރެ ކުރުމާއި ވިއްކުމާއި އަދި ބޭނުން ކުރުމަކީ މަނާ ކަމަށެވެ.

އެ ބޭހަކީ އިންޑިއާގެ ޗެންނާއީގެ އުފެއްދުމެކެވެ. މި ވައްތަރުގެ ކޮފްސީ ސިރަޕަކީ ރާއްޖޭގައި ވަރަށް އާންމުކޮށް ބޭނުންކުރާ ބޭހެކެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް