ޚަބަރު

ކަނޑުއޮތްގިރި އެމްއެންޑީއެފްގެ ދަށަށް ބަދަލުކޮށްފި

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
ކަނޑުއޮތްގިރި މަތިން ނަގާފައިވާ ފޮޓޯއެއް

މިފްކޯ އިން ބާޒާރަށް ނެރޭ އުފެއްދުންތައް ތައްޔާރު ކުރުމަށް ބޭނުން ކުރާ ކ. ކަނޑުއޮތްގިރި އެމްއެންޑީއެފްއަށް ބަދަލުކޮށްފި އެވެ.

Ads by MWSC

އެކަން ހާމަކުރެއްވީ ފިޝަރީޒް މިނިސްޓްރީން އަޑުގެ ސެނަކޯ މާލަމުގައި މިއަދު ބޭއްވި ޕްރެސް ބްރީފިންއެއްގައި މިނިސްޓަރު އަހުމަދު ޝިޔާމް އެވެ.

ޝިޔާމް ވިދާޅުވީ ކަނޑުއޮތްގިރި އަކީ ކަންނެލި މަސްވެރިކަމުގައި ހުރި ގޮންޖެހުންތަކަށް ހައްލެއް ހޯދައިދޭ ފެސިލިޓީއެއްގެ ގޮތުގައި ތަރައްގީ ކުރަމުން އައި ތަނެއް ކަަމަށެވެ. އެހެން ނަމަވެސް މި މަހު އެމްއެންޑީއެފަށް ކަނޑުއޮތްގިރި ދޫކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.

"އެމްއެންޑީއެފަށް ކަނޑުއޮތްގިރި ބަދަލުކުރެވިފައި" މިނިސްޓަރު ވިދާޅުވި ކަންނެލި މަސްވެރިކަން ހުރި ގޮންޖެހުންތަކަށް ހައްލު ހޯދަން ކަނޑުއޮތްގިރީގައި ގިނަ މަސައްކަތްތަކެއް ކުރެވުނު ކަމަށާއި އެހެން ނަމަވެސް އެންމެ އެކަށީގެންވާ ހައްލެއް ލިބިފައިނުވާ ކަމަށެވެ.

"ކަންނެލި މަސްވެރިންނަށް ކަނޑުއޮތްގިރީގެ ފަޅަކީ އެދެވޭ ހައްލެއް ލިބޭ ފަޅަކަށް ނުވި، އެހެންކަމުން މި ބަދަލާ އެކީގައި އެޗްޑީސީ މެދުވެރިކޮށް ހުޅުމާލޭ ބަނދަރުން ކަންނެލި މަސްވެރިންނަށް ޖާގައެއް ލިބޭ ގޮތަށް މި ބަދަލާއެކީގައި މި ވަނީ ގެނެވިފައި" މިނިސްޓަރު ވިދާޅުވި އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!