ކިތަންމެ ވަރަކަށް މަލާމާތްކޮށް ދިމާކުރިޔަސް ލަދު ނުގަންނާނެ ކަމަށާއި ދިމާކުރާ ބަޔަކު ވާނީ ފޫހިކަމަށް ފަތުރުވެރިކަމާއި ބެހޭ ވަޒީރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓުގައި ފަތުރުވެރިކަމާއި ބެހޭ ވުޒާރާއާއި ހަވާލުވެވަޑައިގެންނެވި ފަހުން ފައިސަލްއަށް ވަނީ އިދިކޮޅުގައި ތިއްބެވި އެތައް ބައެއްގެ މަލާމާތާއި ފުރައްސާރަ އަމާޒުވެފަ އެވެ. އެންމެ ގިނަ ފާޑުކިޔުން އަމާޒުވީ ބައިނަލްއަގުވާމީ ފޯރަމްތަކާއި ނޫސްވެރިންގެ ބައްދަލުވުންތަކުގައި އިނގިރޭސި ބަހުން ފައިސަލް ވާހަކަ ދައްކަވާ ގޮތަށެވެ.
ދެން އޮންލައިންގެ ޕޮޑްކާސްޓުގައި ފައިސަލް ވަނީ މިމައުޟޫއަށް އެޑްރެސްކުރައްވައި ވާހަކަފުޅު ދައްކަވައިފަ އެވެ. އެގޮތުން އޭނާ ވިދާޅުވީ ބަޔަކު ކިތަންމެ ވަރަކަށް މަލާމާތް ކުރިނަމަވެސް ލަދު ނުގަންނާނެ ކަމަށެވެ. އަދި ރަނގަޅު ކުރައްވަންޖެހޭ ކަންކަން ހުރިކަމަށް ހުދު އެމަނިކުފާނުވެސް ގަބޫލު ކުރައްވާ ކަމަށާއި އެކަންކަމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށްވެސް ފައިސަލް ވިދާޅުވި އެވެ.
"މިއައީ ނުވަ މަސް ދުވަހު. ބަޔަކު ހީކުރީ އަޅުގަނޑާ އެވަރަށް ދިމާކޮށްގަތީމާ އަމިއްލައަކަށް ހޯ ހޯ ގޮވާފަ ދުވެ ފިލާނެއޭ. ނޫން. އެހިތްވަރު ހުންނާނެ."
ފައިސަލް ވިދާޅުވީ ކަންކަމާއި ކުރިމަތިލައިގެން ހިތްވަރާއިއެކު ކުރިއަށް ދިޔުމުގެ ނަތީޖާ ވަރަށް ފޮނި ކަމަށެވެ. ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރައްވާ ބޭފުޅުން އެމަނިކުފާނުގެ މަސައްކަތަށް ވަރަށް ޕޮސިޓިވްކަމަށް ވިދާޅުވި އެވެ. އަދި އެބޭފުޅުންނާއި ދިމާވެ މަޝްވަރާ ކުރައްވާ ކަމަށާއި މަސައްކަތްތައް ރާވަނީ އެބޭފުޅުންގެ ލަފައާއި އެކުކަމަށްވެސް ފައިސަލް ވިދާޅުވި އެވެ.
އަރޭބިއަން ޓްރެވަލް މާކެޓުގައި އިންޑިއާގެ ނޫސްވެރިޔަކު ކުރި ސުވާލަކަށް ފައިސަލް ޖަވާބު ދެއްވި ގޮތަށް ޕީއެންފްގެ ލީޑަޝިޕްގެ ބައެއް ބޭފުޅުން މަލާމާތް ކުރި އެވެ. އެހެންނަމަވެސް ފައިސަލް ވިދާޅުވީ އިންޑިއަން ހައި ކޮމިޝަނުން އެމަނިކުފާނާއި ބައްދަލު ކުރައްވައި ފައިސަލް ދެއްކެވި ވާހަކަފުޅަށް ތައުރީފު ކުރެއްވި ކަމަށެވެ. އަދި ރާއްޖެއަށް އިންވެސްޓު ކުރައްވާ އިންޑިއާގެ ބޭފުޅުންވެސް އެވާހަކަފުޅުތަކަށް ދެއްވީ ވަރަށް ޕޮސިޓިވް ރިވިއުއެއްކަމަށް ފައިސަލް ވިދާޅުވި އެވެ.
ކަމަކު ނުދޭ، އިގިރޭސިބަސް ރަގަނަޅަަށް ނޭގޭތީ…ރާއްޖޭގަ ކިޔަވާފަތިބި މޮޅެތިކުދިން އެބަތިބި..ރީތިނަމެއްލިބިއްޖިއްޔާ ގަވްމަށް ރީތިވާގޮތައް އެހާވާހަޑިންވެސް ގަވްމަށް ހުތުރުނަންލިބޭނެ ނޫންތޯ… ވ …ދެރަ.ލަދުގެކަންފުޅެއްވެސް ނެތް