މިފްކޯއިން މަސް ދޯނިތަކަށް ތިން ޓަނުގެ އައިސް ހިލޭ ދޫކުރަނީ

މަސްވެރިން މަހަށް ފުރުވުމަށް ހިތްވަރު ދިނުމުގެ ގޮތުން ކޮންމެ މަސް ދޯންޏަކަށް ތިން ޓަނުގެ އައިސް ހިލޭ ދޫކުރަން މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ނިންމައިފި އެވެ.
މިފްކޯއިން މިރޭ މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ދޯނިތަކަށް އައިސް ދޫކުރާނީ އެ ކުންފުނީގެ އައިސް ޕްލާންޓުތަކުގައި މިހާރު ހުރި ސްޓޮކް ހުސްވަންދެން ކަމަށެެވެ.
"މަސްވެރިން މަހަށް ފުރުވުމަށް ހިތްވަރު ދިނުމުގެ ގޮތުން ސްޓޮކް ހުސްވަންދެން މާދަމާ، މިފްކޯގެ ހުރިހާ ސެންޓަރުތަކުންނާއި ތިނަދޫ އައިސް ޕްލާންޓުން ކޮންމެ ދޯންޏަކަށް ތިން ޓަނު އައިސް ހިލޭ ދޫކުުރުމަށް ވަނީ ނިންމާފަ އެވެ،"
ބުނީ މި އައިސް ދޫކުރުމަށް ހަމަޖެހިފައި ވަނީ މާދަމާގެ ނިޔަލަށް ކަމަށެވެ.
މި ދޭތެރެއިން މަސްވެރިކަން ވަރަށް ބޮޑަށް ދަށްވި އެވެ. އެކަމާ ގުޅިގެން މަސް ލިބުން ތަދުވެ، މަހުން އުފައްދާ އުފެއްދުންތަކުގެ އަގުތައް ވެސް އުފުލުނެވެ.
ދަށްވުމަށް ފަހު ހިނގަމުން މިދާ މަހުގެ ކުރީކޮޅުން ފެށިގެން މަސްވެރިކަން މަޑުމަޑުން ރަނގަޅުވާން ވަނީ ފަށާފަ އެވެ.
މަސް ނުލިބުނީމަ