Wednesday, 4 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ސިހުރު ހެދި ކަމަށް ބުނާ މައްސަލައިގައި 2 މީހަކަށް ދައުވާކުރަނީ

ސިހުރު ހެދި ކަމަށް ބުނާ މައްސަލައިގައި 2 މީހަކަށް ދައުވާކުރަނީ

ރައްޔިތުންގެ މަޖިލީހުގެ ފުނަދޫ ދާއިރާގެ ޕީއެންސީ މެމްބަރު މުހައްމަދު މަމްދޫހު (މަންޑޭ) އަށް ސިހުރު ހެދި ކަމަށް ބުނާ މައްސަލާގައި 2 މީހަކަށް ދައުވާކުރަން ފުލުސް އޮފީހުން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "ދެން އޮންލައިން" އަށް މިއަދު ފޮނުވި މެސެޖެއްގައި ވިދާޅުވީ އެ މައްސަލައިގެ ތުހުމަތުގައި ދައުވާކުރަން ފޮނުވާފައިވަނީ 60 އަހަރުގެ މީހަކާއި 36 އަހަރުގެ މީހަކަށް ކަމަށެވެ.

އެ މައްސަލައިގެ ފުލުހުންގެ ތަހުގީގު ނިންމައި ދައުވާކުރުމަށް ފޮނުވީ މިދިޔަ މަހުގެ 2 ވަނަ ދުވަހު ކަމަށްވެސް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

Advertisement
Allied — Dhen Online (box)

މަމްދޫހަށް ސިހުރު ހެދި ކަމަށް ބުނާ މައްސަލައިގެ ތުހުމަތުވާ މީހުން ސިހުރު ހަދާފައިވަނީ އެ ރަށުގެ އެކި ހިސާބުތަކުގައި ހުރި ބިޔަ ގަސްތަކުގައި ކަމަށްވެ އެވެ.

އެ މީހުން ސިހުރު ހަދަން ބޭނުންކުރި ބައެއް ސާމާނުގެ ފޮޓޯތައްވެސް ސޯޝަލް މިޑީއާގައި އާއްމުވި އެވެ. ތުހުމަތު ކުރެވޭ މީހުންނާ ދެކޮޅަށް ރަށުގައި އަޑުވެސް އުފުލި އެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް