ބާ ކައުންސިލުން އޭޖީ އުނިކުރާ ބިލާއެކު 7 ބިލެއް ފާސްކޮށްފި

ބާ ކައުންސިލުން އެޓާނީ ޖެނެރަލް އުނިކުރާ ބިލު ހިމެނޭ ގޮތަށް 7 ބިލެއް މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ފާސްކޮށްފި އެވެ.
ކޮމިޓީން ދިރާސާކުރުމަށްފަހު މަޖިލީހުގެ ތަޅުމަށް ހުށަހެޅި 7 ބިލަކީވެސް ސަރުކާރުގެ ފަރާތުން ހުށަހެޅުއްވި ބިލުތަކެކެވެ.
ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން[/caption]
ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން އިމްރާން ލަތީފް/ ފޮޓޯ: ރައްޔިތުންގެ މަޖިލިސް[/caption]
ބިނާވެށި ޕްލޭންކުރުމާއި ހިންގުމުގެ ބިލު
އެ ބިލަކީ ސަރުކާރުގެ ފަރާތުން ކޮލަމާފުށި ދާއިރާގެ މެންބަރު އިބްރާހިމް ދީދީ ހުށަހެޅުއްވި ބިލެކެވެ. އެ ބިލުގައި ބުނެފައިވަނީ ބިނާވެށި ޕްލޭންކޮށް ހިންގުމާގުޅޭ ކަންކަން ހަރުދަނާ ގާނޫނީ އޮނިގަނޑެއްގެ ދަށުން އިންތިޒާމުކުރުމަށްޓަކައި ދެމެހެއްޓެނިވި އަދި ޒިންމާދާރު ގޮތެއްގައި ބިމުގެ ބޭނުން ހިފޭނެ މޭރުމުން, ބިނާވެށި ޕްލޭންކޮށް ހިންގުމާއި ބިނާވެށީގެ ޕްލޭންތަކާ އެއްގޮތްވާ ގޮތުގެމަތިން ބިން ތަރައްގީކޮށް ހިންގުމުގެ އަސާސީ މިންގަނޑުތަކާއި ތަރައްގީގެ މަސައްކަތްތައް މޮނިޓާކޮށް ފިޔަވަޅުއެޅުމާ ބެހޭ އުސޫލުތައް ބަޔާންކުރުމެވެ. އެ ބިލުގެ އިބްތިދާއީ ބަހުސްގެ މަރުހަލާގައި އެމްޑީޕީގެ މެންބަރުގެ ކަންބޮޑުވުން ބޮޑެވެ. އެގޮތުން އެ ބިލާ ގުޅިގެން ކައުންސިލުތަކުގެ ބާރު ކުޑަވާނެ ކަމަށް މެންބަރުން ފާހަގަކުރެއްވި އެވެ. މި ބިލު ފާސްކޮށްފައިވަނީ 67 މެންބަރުންގެ ވޯޓުންނެވެ. 10 މެންބަރަކު ވޯޓު ދެއްވީ ބިލާ ދެކޮޅަށެވެ.އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ގެނައުމަށް
ދާންދޫ ދާއިރާގެ މެންބަރު މުހައްމަދު ފަޒީލް ހުށަހެޅުއްވި އެ ބިލުގެ ބޭނުމަކީ ބިނާވެށި ޕްލޭންކޮށް ހިންގުމުގެ ބިލާ ގުޅިގެން ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ގެނަމެވެ. އެގޮތުން ރަށު ކައުންސިލްތަކުންނާއި ސިޓީ ކައުންސިލްތަކުން އެކުލަވާލަންޖެހޭ ކަމުގައި ގާނޫނުގައި ބަޔާންކޮށްފައިވާ ލޭންޑް ޔޫސް ޕްލޭނަކީ ބިނާވެށި ޕްލޭންކޮށް ހިންގުމުގެ ގާނޫނުގެ ދަށުން އެކުލަވާލާ ފިޒިކަލް ޑިވެލޮޕްމަންޓް ޕްލޭންގެ ބައެއްގެ ގޮތުގައި އެ ގާނޫނުގެ ދަށުން ކަނޑައެޅިގެންދާނެ އެވެ. އެ ބިލު ފާސްކޮށްފައިވަނީ 67 މެންބަރުންގެ ވޯޓުންނެވެ. 10 މެންބަރަކު ވޯޓު ދެއްވީ ބިލާ ދެކޮޅަށެވެ.ފޮރިން އިންވެސްޓްމެންޓް ބިލު
މި ބިލަކީ ސަރުކާރުގެ ފަރާތުން ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން މަރުޒޫގު ހުށަހެޅުއްވި ބިލެކެވެ. އެއީ ރާއްޖޭގައި ބޭރުގެ ފަރާތްތަކަށް އިންވެސްޓްކުރެވޭނެ ދާއިރާތައް ކަނޑައެޅުމާއި، އެފަދަ ފަރާތްތަކަށް އިންވެސްޓް ކުރުމުގެ ހުއްދަކުރުމާ ގުޅޭ އުސޫލުތަކާއި އަދި އިންވެސްޓަރުންގެ ހިމާޔަތާ ރައްކާތެރިކަމާއި ގުޅޭ އުސޫލުތައް ބަޔާންކޮށްފައިވާ ބިލެކެވެ. އަދި އެފަދަ އިންވެސްޓްމެންޓްތައް ދައުލަތަށް ނެގޭނެ ހާއްސަ ހާލަތްތަކާއި، އެފަދައިން ދެވޭ އިންވެސްޓްމެންޓްތަކަށް ބަދަލުދެވޭނެ އުސޫލުތައް އެ ބިލުގައި ހިމަނާފައިވެ އެވެ. ކޮމިޓީ މަރުހަލާގައި އެ ބިލު ފާސްކޮށްފައިވަނީ 4 އިސްލާހާ އެކުގަ އެވެ. އެ ބިލު ފާސްކޮށްފައިވަނީ ޖަލްސާގައި ބައިވެރިވެވަޑައިގެން މެންބަރުންގެ އިއްތިފާގުންނެވެ. އެގޮތުން 77 މެންބަރުން ހިމެނެ އެވެ. [caption id="attachment_228995" align="alignnone" width="1024"]
ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން[/caption]
ވިޔަފާރި ރެޖިސްޓްރީ ބިލު
ސަރުކާރުގެ ފަރާތުން ފަރެސްމާތޮޑާ ދާއިރާގެ ކޮންގްރެސް މެމްބަރު އަޝްރަފް ރަޝީދު ހުށަހެޅި މި ބިލަކީ ބޭރުގެ ފަރާތްތަކުން ރާއްޖޭގައި ސެކިއުރިޓީޒް ގައި އިންވެސްޓް ކުރެވޭނެ ދާއިރާ ކަނޑައެޅުމާއި އެ ނޫންވެސް ކަމާއި ގުޅޭ މައިގަނޑު އުސޫލުތައް ބަޔާން ކުރުމަށްޓަކައި ވިޔަފާރި ރަޖިސްޓްރީކުރުމުގެ ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުމެވެ. އެ ބިލު ކޮމިޓީން ފާސްކޮށްފައިވަނީ ކެނދިކުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު އަފޫ ހާމިދު ހުށަހުޅެއްވި ދެ އިސްލާހާ އެކު އެވެ. އެ ބިލު ފާސްކޮށްފައިވަނީ 77 މެންބަރުންގެ ވޯޓުންނެވެ.މާލީ ސެކިއުރިޓީޒްއާ ބެހޭ ގާނޫނަށް
ސަރުކާރު ފަރާތުން އެ ބިލު މަޖިލީހަށް ހުށަހަޅާފައިވަނީ އަފޫ އެވެ. އެ ބިލަކީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ހުއްދަކުރެވޭ ސެކިއުރިޓީޒްގެ ބާވަތްތަކުގައި އިންވެސްޓް ކުރެވޭނެ އުސޫލުތައް ކަނޑައެޅުމަށްޓަކައި މާލީ ސެކިއުރިޓީސް އާ ބެހޭ ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ބަޔާކޮށްފައިވާ ބިލެކެވެ. މި ބިލު ކޮމިޓީން ފާސްކޮށްފައިވަނީ އަފޫ ހުށަހުޅެއްވި ދެ އިސްލާހާއެކު އެވެ. 77 މެންބަރުންގެ އިއްތިފާގުން އެ ބިލް ވަނީ ފާސްކޮށްފަ އެވެ.ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނުގެ އިސްލާހު
އެ އިސްލާހަކީ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން އިމްރާން ލަތީފް ހުށަހެޅުއްވި އިސްލާހެކެވެ. އެ ބިލުގައި ބުނެފައިވަނީ ސިއްހީ ހިދުމަތް ދިނުމުގެ ނިޒާމަކީ ރާއްޖޭގައި ދިރިއުޅޭ އެންމެހާ މީހުން ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ދުޅަހެޔޮ ސިއްހަތަކަށް ވާސިލުވެ ދެމިތިބުމަށްޓަކައި ބަލިތަކާއި ސިއްހަތަށް ލިބޭ އެ ނޫންވެސް ގެއްލުނަކުން އެ މީހުން ދުރުވެތިބުމަށާއި ރައްކާތެރިވުމަށް ބޭނުންވާނެ މައުލޫމާތާއި ވަސީލަތްތަކާއި ހިދުމަތްތަކާއި ފަރުވާ, ދެމެހެއްޓެނިވި އުސޫލަކުން ކަމަށެވެ. އެ ބިލުގައި އެކަށީގެންވާ ރައްކާތެރިކަމާއެކު އަދި ރަނގަޅު ފެންވަރުގައި ފޯރުކޮށްދެވޭ, ވަށާޖެހޭ ސިއްހީ ފަރުވާގެ ނިޒާމެއް ކަމުގައި ހެދުމަށްޓަކައި ޕްރިވެންޓިވް ކެއާގެ ހިދުމަތްތައް އެ ނިޒާމުގެ ތެރެއިން ދެވޭނެ ގޮތް ހަމަޖައްސައި އެ ހިދުމަތްތައް ފޯރުކޮށްދިނުމުގެ މިންގަނޑުތަކާއި އުސޫލުތައް ކަނޑައެޅުމަށްޓަކައި ސިއްހީ ހިދުމަތް ދިނުމުގެ ގާނުނަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމާއި ގާނޫނު ހިންގުން ހަރުދަމާކުރުމަށްޓަކައި ގެންނަންޖެހޭ އެ ނޫންވެސް އިސްލާހުތައް ގެނުއުން ހިމެނޭ ކަމަށެވެ. އެ ބިލު ފާސްކޮށްފައިވަނީ 77 މެންބަރުންގެ އިއްތިފާގުންނެވެ. [caption id="attachment_237773" align="alignnone" width="1024"]
ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން އިމްރާން ލަތީފް/ ފޮޓޯ: ރައްޔިތުންގެ މަޖިލިސް[/caption]






ކޮމެންޓް