Wednesday, 4 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ތިލަފުށީ ގުދަނެއްގައި އަލިފާން ރޯވެ އަނދަނީ

ތިލަފުށީ ގުދަނެއްގައި އަލިފާން ރޯވެ އަނދަނީ

ކ.ތިލަފުށީ ހުންނަ ގުދަނެއްގައި އަލިފާން ރޯވެ އަނދަން ފަށައިފި އެވެ.

އެމްއެންޑީއެފުން ބުނީ އަލިފާން ނިއްވުމުގެ މަސައްކަތް ފަޔާފައިޓަރުން ކުރަމުންދާ ކަމަށެވެ.

އެއްވެސް މީހަކަށް އަނިޔާވެފައިވާ ކަމުގެ ރިޕޯޓް އަދި މިހާތަނަށް ލިބިފައިނުވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

Advertisement
HDC — Sidebar (box)

ފޭސްބުކްގައި ލައިވް ގައި އެތަނުގެ މުވައްޒަފެއް ބުނީ އަލިފާން ރޯވީ ތިލަފުށީގެ އިރު ދެކެނު ފަރާތުގައި އިންނަ މެރިން ޑޯ ވޯކް ޝޮޕް އެއްގައި ކަމަށެވެ.

https://twitter.com/AccidentsMV/status/1826474355859358026

އެ ވީޑިއޯ އިން ފެންނަނީ އަލިފާންގަނޑު އެ ސަރަހައްދަށް ފެތުރެމުންދާ ތަނެވެ.

ލައިވް ގައި ވާހަކަ ދެއްކީ މީހާ ބުނީ އެ ގުދަނަކީ ވެލްޑިން އަދި ސިނާއީ މަސައްކަތަށް ބޭނުންކުރާ ގުދަނެއް ކަމަށެވެ.

އަލިފާންގަނޑު ކޮންޓްރޯލް ކުރަން އެމްއެންޑީއެފްގެ ދެ ވެހިކަލެއް އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާއިރު  އަދި މިހާތަނަށް އަލިފާން ކޮންޓްރޯލް ކުރެވިފައެއް ނުވެ އެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް