Wednesday, 4 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ހެލްތް ސެކްޓާ އޮތީ ފެއިލްވެފަ، ބަލި މީހާ ހައްތަހާ ވަނީ ބަލި: ސިޔާމް 

ހެލްތް ސެކްޓާ އޮތީ ފެއިލްވެފަ، ބަލި މީހާ ހައްތަހާ ވަނީ ބަލި: ސިޔާމް 
ރާއްޖޭގެ ހެލްތް ސެކްޓާ ނުވަތަ ސިއްހީ ދާއިރާ އޮތީ ފެއިލްވެފައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަދި މަޝްހޫރު ވިޔަފާރިވެރިޔާ އަހުމަދު ސިޔާމް މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ. އެމްޑީއޭގެ ލީޑަރު ސިޔާމް އެހެން ވިދާޅުވީ ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާފައިވާ ސިއްހީ ހިދުމަތް ދިނުމުގެ ބިލުގެ ކޮމިޓީ ރިޕޯޓުގެ ބަހުސްގަ އެވެ. މީދޫ ދާއިރާގެ މެންބަރުކަމުގެ 5 ވަނަ ދައުރު ފުރުއްވަމުން ގެންދަވާ ސިޔާމް ވިދާޅުވީ މިދިޔަ 30 އަހަރު ތެރޭގައި ފޭލްވި ސިއްހީ ދާއިރާ އަދިވެސް އޮތީ އެ ހާލަތުގައި ކަމަށެވެ. ގިނަ ދުވަސްތަކަކަށް ފަހު މަޖިލީހަށް ވަޑައިގެންނެވީ ސިޔާމް ވިދާޅުވި ރައްޔިތުން ބޭނުންވާ "ހެލްތް ކެއާ" ނުލިބޭ ކަމަށެވެ. އޭނާ ވިދާޅުވީ ރާއްޖޭގައި ބޮޑެތި ހޮސްޕިޓަލް ހުއްޓަސް އެ ތަންތަނުގެ އެކަށީގެންވާ ރަނގަޅު ބޭހެއް ނުހުންނަ ކަމަށެވެ. ސިޔާމް ވިދާޅުވި ގޮތުގައި އެންމެ އެކަށީގެންވާ ވަސީލަތްތަކެއްވެސް ހޮސްޕިޓަލުތަކުގައި ނުހުރެ އެވެ.
"ޑޮކްޓަރުންގެ ފެންވަރެއްވެސް ނުހުރޭ. ބަލިވެގެން ރަށްރަށުން އަންނަ މީހާ ހޮސްޕިޓަލަށް ދިޔާމާ ވަނީ ހައްތަހާ ބަލި. ބައްޔެއް ރަނގަޅެއް ނުވޭ. އެހެންވީމާ ހެލްތް ސެކްޓާ މިއޮތީ މުޅިން ފެއިލްވެފައި"
އާސަންދަ ދެނީ ސިއްހީ ދާއިރާ ރަނގަޅު ކުރުންކަން ފާހަގަކުރައްވާ ވިދާޅުވީ އޭގެ ނަތިއްޖާ ނުނެރެވޭ ކަމަށެވެ. އާސަންދައިން ކުރާ ފައިދާއެއް ނެތް ކަމަށްވެސް ސިޔާމް ވިދާޅުވި އެވެ. މެންބަރު ވިދާޅުވީ ފެންނަމުން ދަނީ މާލިއްޔަތުން ބަޔަކު ވައްކަން ކުރަމުންދާތަން ކަމަށެވެ. ސިޔާމް ވިދާޅުވީ ސިއްހީ ދާއިރާ ކުރިއަށް ގެންދަން ޖެހޭނީ "ގްރައުންޑުން" ފެށިގެން ބިންގާ އަޅައިގެން ކަމަށެވެ. ސިއްހީ ދާއިރާއާ ގުޅޭ ގޮތުން ސިޔާމް ވާހަކަ ދައްކަވާފައިވާއިރު ދާދިފަހުން ބ. ކަމަދޫ ރައްޔިތުންނަށް ރާއްޖެއިންނާއި ރާއްޖެއިން ބޭރުން ބޭސްފަރުވާގެ މާލީ އެހީތެރިކަން ދޭން ސިޔާމް ވަނީ ނިންމަވާފަ އެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް