ޚަބަރު އިޖުތިމާޢީ

ސައިކަލް އެކްސިޑެންޓެއްގައި 3 މީހަކަށް އަނިޔާވެ ފަރުވާ ދެނީ

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
ބްރިޖު ލައިޓް ކައިރިން ހިނގި އެކްސިޑެންޓެއްގައި އަނިޔާވި ތިން މީހަކަށް ދަނީ ފަރުވާ ދެމުން / ފޮޓޯ:ދެން އިމޭޖެސް

ސިނަމާލެ ބްރިޖުގައި ލައިޓް ކައިރިން ރޭ ފަތިހު ދެ ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި ތިން މީހަކަށް ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފި އެވެ.

Ads by STELCO

މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ އެ އެކްސިޑެންޓުގައި އަނިޔާވި މީހުންގެ ތެރެއިން ދެ މީހަކަށް ފަރުވާދެމުން އަންނަނީ އައިޖީއެމް ހޮސްޕިޓަލުގައި ކަމަށެވެ. ތިން ވަނަ މީހާއަށް ފަރުވާދެމުން އަންނަނީ އޭޑީކޭގަ އެވެ.

ފުލުހުން ބުނީ އަނިޔާވި މީހުންނަކީ އޭގެ ތެރެއިން އެއް ސައިކަލު ދުއްވަން އިން 21 އަހަރުގެ ފިރެހެނަކާއި އެ ސައިކަލު ފަހަތުގައި އިން 19 އަހަރުގެ އަންހެނެއް ކަމަށެވެ.

އޭޑީކޭގައި ފަރުވާދެމުން އަންނަނީ އަނެއް ސައިކަލު ދުއްވި 43 އަހަރުގެ ފިރެހެން މީހާ އަށެވެ.

ފުލުހުން ބުނީ އެކްސިޑެންޓުގެ ރިޕޯޓް ލިބުނީ ރޭ ފަތިހު 5:26 ހާއިރު ކަމަށެވެ.

މައްސަލަ ތަހުގީގު ކުރަމުންދާއިރު، އިތުރު ތަފުސީލެއް ފުލުހުން ހިއްސާއެއް ނުކުރެ އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!