Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
އިޖުތިމާޢީ

އެމްއެންޔޫގެ ނަން ބޭނުންކޮށްގެން "ސްކޭމް" ކޯސްތަކެއް، ސަމާލުވޭ

އެމްއެންޔޫގެ ނަން ބޭނުންކޮށްގެން "ސްކޭމް" ކޯސްތަކެއް، ސަމާލުވޭ

ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) ގެ ނަން ބޭނުންކޮށްގެން "ސްކޭމް" ކޯސްތަކެއް އިޝްތިހާރު ކުރަމުންދާތީ އެކަމަށް ސަމާލުވުމަށް އެ ޔުނިވާސިޓީން އެދިއްޖެ އެވެ.

އެމްއެންޔޫގެ ރަސްމީ "އެކްސް" އެކައުންޓުން ބުރާސްފަތި ދުވަހުގެ ރޭ ކުރި ޕޯސްޓެއްގައި ވަނީ އެ ޔުނިވާސިޓީން ކުރިއަށް ގެންދާ ކޯސްތަކެއް ކަމަށް ބުނެ ސައްހަ ނޫން މައުލޫމާތު ދައުރުވަމުންދާ ކަން ފާހަގަކޮށް އެ ކަމަށް ސަމާލުވާން އެދިފަ އެވެ.

އެމްއެންޔޫއިން ބުނެފައި ވަނީ އެ ޔުނިވާސިޓީގެ ވެބްސައިޓް މެދުވެރިކޮށް ޔުނިވާސިޓީން ކުރިއަށް ގެންދާ ކޯސްތައް ފެންނަން ހުންނާނެ ކަމަށެވެ. އެ ކޯސްތަކަށް ވެބްސައިޓުގައި އެ ކަމަށް ހާއްސަކޮށްފައިވާ ޕޯޓަލް މެދުވެރިކޮށް ކުރިމަތިލެވޭނެ އެވެ.

Advertisement
Allied — Dhen Online (box)

އެއްވެސް ކޯހެއްގައި ބައިވެރިވުމުގެ ކުރިން ކޯހުގެ ސައްހަކަން ކަށަވަރު ކުރުމަށް ވެސް ވަނީ އެދިފަ އެވެ. ކުރިއަަށް ގެންދާ ކޯސްތަކުގެ މައުލޫމާތު ސީދާ އެ ޔުނިވާސިޓީން ސާފުކުރުމަށް ވެސް އިލްތިމާސްކޮށްފައިވެ އެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް