މާލޭގެ ބައެއް ސަރަހައްދުތަކުން މިއަދު ކަރަންޓު ކެނޑިދާނެ

މާލޭގެ ބައެއް ސަރަހައްދުތަކުން މިއަދު ކަރަންޓު ކެނޑިދާނެކަމަށް ސްޓޭޓް އެލެކްޓްރިކަލް ކޮންޕަނީ (ސްޓެލްކޯ) އިން ބުނެފި އެވެ.
ސްޓެލްކޯއިން ބުނީ ކަރަންޓު ވިއުގާ އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރުމަށްޓަކައި މިއަދު މެންދުރު ފަހު 14:00 އާއި 15:15 އާ ދޭތެރޭގެ ވަގުތުގައި ބައެއް ހިސާބުތަކަށް ކަރަންޓު ކެނޑޭނެ ކަމަށެވެ.
މީގެއިތުރުން ސްޓެލްކޯއިން ބުނީ މި މަސައްކަތް ކުރިއަށް ދާނީ މާލެ ސިޓީ، ގުލްޒަހާރު ގޯޅި، ދަކަނދާ މަގު، އުނިގަސް މަގު، މުރަނގަ މަގު، އިއްޒުއްދީން މަގު، މުއިވެޔޮ ގޯޅި، ނަސީމީ ހިނގުން، އިސްކަނދަރު މަގު، ހިލާލީ މަގު އަދި ޖަވާހިރު މަގު ގައި ކަމަށެވެ.
އެހެން ކަމުން މިކަމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް ކަސްޓަމަރުންގެ ކިބައިން ސްޓެލްކޯއިން ވަނީ މައާފަށް އެދިފަ އެވެ.
ސްޓެލްކޯގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތަށް މާލެ ސަރަހައްދުން ދޭތެެރެ ދޭތެރެއިން އަންނަނީ ކަރަންޓު ކަނޑަމުންނެވެ.
ކަރަންޓުގެ ހިދުމަތް މެދުކަނޑާނަމަ ސްޓެލްކޯއިން ކުރިން އިއުލާން ކުރެ އެވެ. އަދި ގޭބީސީތަކުން ކަރަންޓު ކަނޑައިލަން ދުރާލާ ތާވަލު ކުރަނަމަ އެ ގޭބީސީއިން ސްޓެލްކޯގައި ރަޖިސްޓްރީކޮށްފައިވާ ނަމްބަރަށް ސްޓެލްކޯއިން މެސެޖު މެދުވެރިކޮށްވެސް އެކަން އަންގަ އެވެ.