Tuesday, 3 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ވަގަށް ނަގާފައިވާ ބައި ލައްކަ ރުފިޔާގެ އަގުހުރި ރިހާކުރު ޓައްޕުތަކެއް ހޯދައިފި

ވަގަށް ނަގާފައިވާ ބައި ލައްކަ ރުފިޔާގެ އަގުހުރި ރިހާކުރު ޓައްޕުތަކެއް ހޯދައިފި

ވަގަށް ނަގާފައިވާ ބައި ލައްކަ ރުފިޔާގެ އަގު ހުރި ރިހާކުރު ޓައްޕުތަކެއް، ފުލުހުންގެ މަސައްކަތުން ހޯދައިފި އެވެ.

ދިވެހި ފުލުހުންގެ ހިދުމަތުން ބުނި ގޮތުގައި އެއީ ނޯތު ހާލަތުގެ ބޯޓަކުން ވަގަށް ނަގާފައިވާ ތަކެއްޗެވެ.

ސީސީޓީވީ ފުޓޭޖުތައް ބަލައި ފުލުހުން ކުރި މަސައްކަތުން އެ ތަކެތި ފެނުނީ މީހެއްގެ އަތުން އެ ތަކެތި ގަނެ ގެއެއްގައި ބަހައްޓައި ފޮރުވާފައި ވަނިކޮށް ކަމަށް ފުލުހުން ބުންޏެވެ.

Advertisement
HDC — Sidebar (box)

"ރިހާކުރު ޓައްޕުތަކުގެ އަގު 50,000 ރުފިޔާއަށް އަރާނެ ކަމަށް ވެރި ފަރާތުން މައުލޫމާތު ދީފައިވޭ," ފުލުހުންގެ ހިދުމަތުން މީޑިއާތަކަށް ފޮނުވި މެސެޖުގައިވެ އެވެ.

މި މައްސަލާގައި އަދި މީހަކު ހައްޔަރެއް ނުކުރެ އެވެ. ފުލުހުން ދަނީ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް